ޢާއިޝަތު އާޒިމާ ޝަކޫރު
11 Jan 2024
ނުކުޅެދޭ މީހުންގެ ވަޒީފާއަށް ވަކި ކޯޓާއެއް ހަމަޖައްސާނަން
މާލެ ސިޓީ ކައުންސިލްގެ ވަކި ކޯޓާއެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކުރައްވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
10 Jan 2024
މިސަރުކާރަކީ ހެދޭ ގޯސްތައް ފޮރުވާ ސަރުކާރެއް ނޫން
އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ މި ސަރުކާރަކީ ހެދޭ ގޯސްތައް ފޮރުވާ ސަރުކާރެއް ނޫން ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ހުސައިން މުހައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
10 Jan 2024
ގައުމު ހަލާކުކުރަން އަޅުގަނޑުމެން ނުނިކުންނާނަން: ޢާޒިމާ
ގައުމު ހަލާކުކޮށް ގައުމުގެ ހަރު މުދާ ވިއްކަން ނުނިކުންނަވާނެ ކަމަށް ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވަދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
09 Jan 2024
އެއާޕޯޓް ސަލާމަތް ކުރަން އިސް ސަފުގައި މަސައްކަތް ކުރެއްވީ އާޒިމާ
ރާއްޖޭގެ މައި ދޮރާށި ސަލާމަތް ކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވީ މިއަދު ޕީއެންސީ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އުސްތާޛާ އައިޝަތު އާޒިމާ ޝަކޫރުކަމުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
09 Jan 2024
މިއީ އެއް ސަފެއްގައިކަން ދައްކަންވީ ވަގުތު: އާޒިމާ
މިވަގުތަކީ އަޅުގަނޑުމެން މިތިބީ އެއް ސަފެއްގައިކަން ދެންތިބި މީހުންނަށް ދައްކަންވީ ވަގުތުކަމުގައި މާލޭ މޭޔަރުކަމަން ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅު ވެއްޖެއެވެ.
08 Jan 2024
އާޒިމާގެ މައްޗަށް އިތުރު ދައުވާއެއް ހުށަހަޅާފައެއް ނުވޭ
ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް އިތުރު ދައުވާއެއް ކުރަން ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
08 Jan 2024
އިންތިޚާބީ ހައްގަކަށް އަރައިގެން ކަމަށްބުނެ ޢާޒިމާ އީސީއަށް!
ޕީއެންސީ ޓިކެޓްގައި މާލެސިޓީ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރުގެ އިންތިޚާބީ ހައްގަށް އަރައިގަތްކަމަށް ވިދާޅުވެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން ނިންމަވައިފިއެވެ.
07 Jan 2024
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ
ރާއްޖެއަށް ބޮޑު އަދަދުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.