ހަސަން
ކުޅިވަރު ނޫސްވެރިއެއް
ހަސަން
16 Jul 2025
ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ސެލެކްޝަން މާލެ އަދި ކުޅުދުއްފުށީގައި
މިއަހަރުގެ ސެޕްޓެންބަރު މަހުގެ 18 އިން 22 އަށް ކުޅުދުއްފުށީ ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމު އެކުލަވާލުމަށް މާލޭ ސިޓީގެ އިތުރުން ކުޅުދުއްފުށީގައި ޓްރައިއައުޓްސްތަކެއް ބޭއްވުމަށް ހޭންޑްބޯޅަ މޯލްޑިވްސް އިން ނިންމައިފިއެވެ.
16 Jul 2025
މާދަމާ މާލޭގައި ފަށާ ކާވާ ޗެންޕިއަންސް ލީގުގައި ރާއްޖޭގެ ދެޓީމު
ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެންޕިއަންސް ލީގު މާދަމާ، މާލޭ ސިޓީގައި ފަށާއި މިމުބާރާތުގައި ރާއްޖޭގެ ދެޓީމެއް ވާދަކުރާނެއެވެ.
16 Jul 2025
ޕޫމާއެކު 1.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށް ސިޓީން ޔުނައިޓެޑްގެ ރެކޯޑް މުގުރާލައިފި
އިނގިރޭސި ޕްރެމިއާ ލީގުގެ މެންޗެސްޓާ ސިޓީ އިން ޖަރުމަނުގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ޕުމާއެކު 1.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
15 Jul 2025
ލޫކާ މޮޑްރިޗް އިޓަލީގެ އޭސީ މިލާނަށް ސޮއިކޮށްފި
ކްރޮއޭޝިއާގެ ތަޖްރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް އިޓަލީގެ އޭސީ މިލާނަށް ސޮއިކޮށްފިއެވެ.
15 Jul 2025
ސީދާ ތިން ސެޓުން އެޗްޑީސީ ބަލިކޮށް ޑީއެސްސީ އިން ޤައުމީ މުބާރާތް މިލްކުކޮށްފި
ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ރޭ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވާދަކުދި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޑީއެސްސީ އިން މުބާރާތުގެ ތަށި މިލްކުކޮށްފިއެވެެ.
14 Jul 2025
ޔޫރަޕްގެ ޗެންޕިއަން ޕީއެސްޖީ ބަލިކޮށް ޗެލްސީ އިން ކުލަބު ވޯލްޑްކަޕް ކާމިޔާބުކޮށްފި
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސިވިލާތު ޗެލްސީ ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
13 Jul 2025
ޕްރެސްޓަން އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރެމިއާ ލީގުގެ ޗެންޕިއަން ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުގަައި މިރޭ ރަށުން ބޭރުގައި ޗެންޕިއަންޝިޕްގެ ޕްރަސްޓަން އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
13 Jul 2025
ޤައުމީ ކެރަމް މުބާރާތް: އަންހެން ސިންގަލް ޗެންޕިއަންކަން ދިފާއުކޮށް ވިދާދް ރެކޯޑް ހަދައިފި
މިހާރު ކުރިއަށްދާ 34 ވަނަ ޤައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެންޕިއަންކަން ހަތްވަނަ ފަހަރަށް ކާމިޔާބުކޮށް، އާމިނަތު ވިދާދް ތާރީޚީ ރެކޯޑެއް ޤާއިމުކޮށްފިއެވެ.
12 Jul 2025
ރ. ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ރަސްމާދޫ އިން ހޯދައިފި
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ފައިނަލުގައި ހުޅުދުއްފާރާއި ރަސްމާދޫ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން މޮޅުވެ، ރަސްމާދޫ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
12 Jul 2025
ގައުމީ ވޮލީބޯޅަ މުބާރާތް: ފަސޭހަކަމާއެކު ދަޑިމަގު ބަލިކޮށް ޑީއެސްސީ ފައިނަލުން ޖާގަ ހޯދައިފި
މިހާރު ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ސީދާ ތިން ސެޓުން ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އިން މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެެވެ.
11 Jul 2025
ރިސޯޓް ލީގު: އިތާފުށި ބަލިކޮށް ސައުތު މާލެ ލީގުގެ ޗެންޕިއަންކަން އޮޅުވެލިން ހޯދައިފި
ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ރިސޯޓް ވޮލީ ލީގުގެ ސައުތު މާލެ ލީގު ފައިނަލުގައި މިއަދު ހަވީރު ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއި އިތާފުށި ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮލުވެލިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
10 Jul 2025
ކުލަބު ވޯލްޑްކަޕް: ފަސޭހަކަމާއެކު ރެއާލް މެޑްރިޑް ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަަ ޕީއެސްޖީ އިން ހޯދައިފި
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި މިރޭ ސްޕެއިންގެ ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީ ވާދަކުރި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕީއެސްޖީ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
09 Jul 2025
ކުލަބު ވޯލްޑްކަޕް: މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޗެލްސީއަށް
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ބްރެޒިލްގެ ފުލޫމިނެންސް 2-0 ގެ ނަތީޖައަކުން ބަލިކޮށް ޗެލްސީ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Jul 2025
ޑިމާރިޔާ އެނބުރި ކުރީގެ ކުލަބު ރޮސާރިޢޯއަށް
އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް އަންހެލް ޑިމާރިއާ 18 އަހަރަށްފަހު އޭނާގެ ކުރީގެ ކުލަބު އާޖެންޓީނާގެ ރޮސާރިއޯ އާއި ގުޅިއްޖެއެވެ.
08 Jul 2025
ފަސޭހަކަމާއެކު އިނގުރައިދޫ ބަލިކޮށް ހުޅުދުއްފާރު ފައިނަލުން ޖާގަ ހޯދައިފި
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ސެމީފައިނަލް ދެވަނަ މެޗުގައި މިރޭ ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން އިނގުރައިދޫ ބަލިކޮށް ހުޅުދުއްފާރުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Jul 2025
ފަޒީމްގެ ހެޓްރިކާއެކު މީދޫ ބަލިކޮށް ރަސްމާދޫ ފައިނަލުން ޖާގަ ހޯދައިފި
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ރަސްމާދޫ އާއި މީދޫ ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރަސްމާދޫ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Jul 2025
ޕަަވޯ އަދި ހެނާންޑޭޒަށް ކުލަބު ވޯލްޑްކަޕް ނިމިއްޖެ
މިހާރު އެމެރިކާގައި ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިޔުމިކާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އެޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ވިލިއަމް ޕަޗޯ އަދި ލޫކަސް ހެނާންޑޭޒަށް ދެއްކި ރަތްކާޑާއެކު އެދެކުޅުންތެރިންނަށް މުބާރާތް ނިމިޖެއެވެ.
07 Jul 2025
ބޮޓަފޯގޯގެ ކޯޗަކަށް ޑޭވިޑް އެންޗެލޮޓީ
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ ބަލިކުރި ބްރެޒިލްގެ ޗެންޕިއަން ބޮޓަފޯގޯގެ ކޯޗަކަށް ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީގެ ދަރި ޑޭވިޑް އެންޗެލޮޓީ ހަމަޖައްސައިފިއެވެ.
07 Jul 2025
އެމެރިކާ ބަލިކޮށް މެކްސިކޯ އިން ގޯލްޑް ކަޕް ކާމިޔާބުކޮށްފި
މިހާރު ކެނެޑާ އާއި އެމެރިކާގައި ކުރިއަށްދާ ކޮންކާކަފް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ރޭ ފަތިހު، ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އެމެރިކާ ބަލިކޮށް، މެކްސިކޯ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފި އެވެ.
07 Jul 2025
ފަހަތުން އަރައި މަޑުއްވަރީ ބަލިކޮށް ހުޅުދުއްފާރުން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފި
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް އޭގައި މިރޭ، ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މަޑުއްވަރީ ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީގެ ގޮތުގައި ހުޅުދުއްފާރުން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފޮއެވެ.
06 Jul 2025
ކުލަބު ވޯލްޑްކަޕް: ސެމީގެ ފަހު ޖާގަ ރެއާލް މެޑްރިޑުން ހޯދައިފި
އެމެރިކާގައި މިހާރު ކުރިއަށް ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ބޮރޫޝިއާ ޑޯޓްމަންޑާއި ރެއާލް މެޑްރިޑް ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
06 Jul 2025
ކުލަބް ވޯލްޑްކަޕް: ބަޔާން ކަޓުވާލުމަށްފަހު ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދައިފި
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ 2-0 ނަތީޖާއަކުން ބާޔާން މިޔުނިކް ބަލިކޮށް ޕީއެސްޖީ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
05 Jul 2025
ރަސްގެތީމު ބަލިކޮށް ދުވާފަރުން މުބާރާތް ނިންމާލީ މޮޅަކާއެކު
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް އޭގައި މިރޭ ކުޅުނު ދެވަނަ މެޗުގައި 8-3 ގެ ނަތީޖާއަކުން ރަސްގެތީމު ބަލިކޮށް ދުވާފަރުން މުބާރާތް ނިންމާލީ މޮޅަކާއެކުގައެވެ.
05 Jul 2025
ރަސްމާދޫ އާއި މަޑުއްވަރީގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް އޭގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ރަސްމާދޫ އާއި މަޑުއްވަރީ ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެއްޖެއެވެ.
05 Jul 2025
ވާދަވެރި ކުޅުމަކަށްފަހު މާކުރަތު ބަލިކޮށް އިނގުރައިދޫ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން މާކުރަތު ބަލިކޮށް އިނގުރައިދޫ އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
05 Jul 2025
ކުލަބު ވޯލްޑްކަޕް: އަލް ހިލާލް ބަލިކޮށް ފުލޫމިނެންސް ސެމީފައިނަލުން ޖާގަ ހޯދައިފި
މިހާރު އެމެރިކާގައި ކުރިއަށްދާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއަޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ބްރެޒިލްގެ ފުލޫމިނެންސް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ ސައުދީގެ އަލް ހިލާލް މުބާރާތުން ކަޓައިފިއެވެ.
04 Jul 2025
މަންނާންގެ ފަސް ލަނޑާއެކު ރަސްގެތީމު އަތުން ހުޅުދުއްފާރަށް ތަފާތުބޮޑު މޮޅެއް
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް އޭގައި މިރޭ ހުޅުދުއްފާރު އަތުން 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ރަސްގެތީމު މުބާރާތުން ކަޓައިފިއެވެ.
04 Jul 2025
އިންނަމާދޫ ބަލިކޮށް މީދޫ އިން ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފި
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް ބީގައި މިރޭ މީދޫ އާއި އިންނަމާދޫ ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މީދޫ އިން ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
04 Jul 2025
ފަސޭހަކަމާއެކު ދުވާފަރު ބަލިކޮށް ރަސްމާދޫ އިން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި 6-1 ގެ ނަތީޖާއަކުން ދުވާފަރު ބަލިކޮށް ރަސްމާދޫ އިން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
03 Jul 2025
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އިންނަމާދޫ އިން މާކުރަތު ބަލިކޮށްފި
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް ބީގައި މިރޭ ކުޅުނު ދެވަނަ މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން މާކުރަތު ބަލިކޮށް އިންނަމާދޫ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.