އަހުމަދު ހަމީދު އާދަމް
ސްޓާފް ރައިޓަރ
އަހުމަދު ހަމީދު އާދަމް
27 Jul 2025
ޖަސްޓިސް ބިލްޑިން އެނެކްސް ހުޅުވައިފި، ދެ ކޯޓަށް ޖާގަ ތަނަވަސް އިމާރާތެެއް
މި އިމާރާތުގައި ޑްރަގް ކޯޓަށް ހާއްސަ ފަސް ކޯޓު ރޫމް އަދި ކްރިމިނަލް ކޯޓަށް ހާއްސަ 10 ކޯޓު ރޫމް ހިމެނެއެވެ. އަދި ފަނޑީޔާރުންނަށް ހާއްސަ 17 ކޮޓަރީގެ އިތުރުން، ދިފާއީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.
27 Jul 2025
އަންނަ މަހު ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރަ ހުޅުވަނީ
އަންނަ މަހު ހުޅުމާލޭގައި އައިނު ފިހާރަ ހުޅުވާ ހިދުމަތްދޭން ފަށާނެ ކަމަށެވެ. މީގެ އިތުރުން ހުރިހާ ރީޖަނަލް ހޮސްޕިޓަލްގައި ވެސް އައިނުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
27 Jul 2025
ރައީސްގެ އިއުލާނަށް ދެމަސް: އައިޖީއެމްއެޗްގެ އައިނު ފިހާރަ ހުޅުވާ ހިލޭ އައިނު ހެއްދޭނެ ގޮތް ވެއްޖެ
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގް ހަލީމް ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން އާސަންދައިން ކަވަރު ކުރާ 2000 ރުފިޔާގެ ތެރެއިން ކޮންމެ ރައްޔިތަކަށް ވެސް ހިލޭ އައިނު ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.
27 Jul 2025
ހުޅުމާލެ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރު ހުޅުވައިފި، 30 އެނދު ހިމެނޭ
އިތުރު 30 އެނދާއެކު އޮރެންޖް ހިޔާގައި މި ހިދުމަތް ފެށުމުން ބަލި މީހުންނަށް ބޮޑު ފަސޭހައެއް ލިބޭނެ އެވެ. މި ސެންޓަރު ތަަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ.
26 Jul 2025
މާލޭގެ ބޭރުތޮށި މަރާމާތުކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރު ދެނީ
މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ 10.5 މިލިއަން ޑޮލަރެވެ.
26 Jul 2025
އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓް: ރައީސް
އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންކަމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓް ކަމަށެވެ.
26 Jul 2025
ރައީސްގެ އިލްތިމާސް: ކޮންމެ ކަމަކަށް ވުރެ އިސްކުރަންވީ ގައުމު
"މިއަދު އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަންވީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮންމެ ކަމަކަށްވުރެ އިސްކުރަންވީ ދިވެހި ޤައުމުކަން. އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށް ދިއުމުގައި ޢަޒުމް ކަނޑައަޅަންވީ,"
26 Jul 2025
ކުލަގަދަ ރަސްމިއްޔާތަކުން އާ ޓާމިނަލް ހުޅުވައިފި، 10 އަހަރުގެ އިންތިޒާރަށް ނިމުން
އާ ޓާމިނަލް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. މިރޭ އޮތް ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އެއާޕޯޓްގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
26 Jul 2025
މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވާ ދެ މީހަކަށް އަނިޔާވެއްޖެ
އެ ދެ މީހުންނަށް މިހާރު ހެލްތް ސެންޓަރުގައި ދަނީ ފަރުވާ ދެމުން ކަމަށާ އިތުރު ފަރުވާ ދިނުމަށްޓަކާ މާލެއަށް ފޮނުވާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ވެސް ބުންޏެވެ.
26 Jul 2025
އާ ޓާމިނަލް ހުޅުވުން: ރައީސްގެ ޝުކުރު ޔާމީނާއި ސޯލިހަށް
"މި ދެ ރައީސުންނަށް [ރައީސް ޔާމީން އާއި ރައީސް ސޯލިހަށް] ވަރަށް ބޮޑަށް ޝުކުރު ދަންނަވަން,"
26 Jul 2025
ހިތުގެ އެންމެ ފުންމިނުން ރައީސް މުޢިއްޒަށް ޝުކުރު، ގުޅުން އިތުރުވާނެ: މޯދީ
މޯދީ ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އަދި ވިދާޅުވީ މި މުހިންމު މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މުއްސަނދި ސަގާފީ ތަރިކައާއި ވަރުގަދަ ރޫހު ފެނިގެންދިޔަ ކަމަށެވެ.
26 Jul 2025
މިއަދު ވެހިކަލް ދުއްވުން މަނާކުރި އެންގުން ބާތިލުކޮށްފި
މިއަދު 15:00 އިން 18:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުން ބާތިލުކޮށްފި އެވެ.
26 Jul 2025
އިންޑިއާގެ އެހީގައި އެންމެ ޒަމާނީ ދެ މެޑިކަލް ކިއުބު ހަދިޔާ ކޮށްފި
އިންޑިއާއިން ހަދިޔާކުރާ މި ދެ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ގެ ކަންކަން ހިންގުމުގައި ހަރަކާތްތެރިވާނި ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސްއިންނެވެ.
26 Jul 2025
ބޮޑުވަޒީރު މޯދީ، ދޮށިމޭނާ ބިލްޑިން ހުޅުއްވައިދެއްވައިފި
ބޮޑުތަކުރުފާނުމަގުގައި ހުންނަ، އަލަށް އިފްތިތާހުކުރި މި އިމާރާތަކީ ސިފައިންގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތުގެ ބައެކެވެ.
26 Jul 2025
މޯދީގެ ޝަރަފުގައި ރައީސްގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވައިފި
ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން މި ގެންދަވަނީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އިތުރުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގަ އެވެ.
26 Jul 2025
ރާއްޖެ-އިންޑިއާގެ ގުޅުން މޫލާފައިވަނީ އެތައް ގަރުނެއް ކުރީއްސުރެ އޮތް އެކުވެރިކަމުގެ މައްޗަށް: ރައީސް
އިންޑިއާ ކަނޑަކީ މި ގުޅުމުގެ ދިރުންހުރި ދަލީލެއް ކަމަށް ވިދާޅުވެ، ވިޔަފާރީގެ ބައިވެރިންގެ ގޮތުގައި އަދި އަވައްޓެރީންގެ ގޮތުގައި ދެ ގައުމުން ބިނާކޮށްފައިވަނީ ކަނޑާނުލެވޭ ފަދަ ވަރުގަދަ ގުޅުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
25 Jul 2025
ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި
މިއަދުގެ މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދެއްވާ ދީލަތި އެހީއަށްޓަކައި ޝުކުރުއަދާ ކުރައްވާފަ އެވެ.
25 Jul 2025
ބީއެމްއެލްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަދައިފި
އަންނަ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާއި ވިޔަފާރިތަކާއި ބިދޭސީންވެސް ހިމެނޭ ގޮތަށް، ބީއެމްއެލް މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
25 Jul 2025
ގެދޮރުވެރިޔާ ފްލެޓް މަޝްރޫއު: 4000 ޔުނިޓް ސަރުކާރާ ހަވާލުކޮށްފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4,000 ހައުސިން ޔުނިޓް އަޅާފައިވެ އެވެ. އެއީ އިންްޑިއާ ސަރުކާރުގެ ލޯނު އެހީގައި ތަރައްގީ ކޮށްފައިވާ ޔުނިޓްތަކެކެވެ.
25 Jul 2025
މާދަމާ ރޭ މާލެ ވަށައިގެން 19 ސަރަހައްދެއްގައި ހަވާ އަރުވާނެ، ހަ މިނެޓަށް ދެމިގެންދާނެ
ހަވާ އަރުވާނީ މާދަމާ ރޭ 8:30 ހާއިރު އެވެ. 6 މިނެޓް ވާންދެން ހަވާއަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
25 Jul 2025
ފަސް މިލިއަން ގަސް މަޝްރޫއު: މޯދީ އިންދެވީ އަނބު، ރައީސް އިންދެވީ ކިނބި ގަހެއް
މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންދެވީ އަނބު ގަހެކެވެ. މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުޢިއްޒު އިންދެވީ ކިނބި ގަހެކެވެ.
25 Jul 2025
އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހޭނެ ގޮތް ހަދައިފި
ރާއްޖެ ފަދަ ގައުމަކަށް، މި އެމްއޯޔޫގެ ސަބަބުން ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާއި އެކަމާ ގުޅުންހުރި ހަރަދުތައް ކުޑަވެގެންދާނެ ކަމަށްވެސް ބުންޏެވެ.
25 Jul 2025
އިންޑިއާގެ ބޮޑުވަޒީރަށް ރަސްމީ ގޮތުން މަރްހަބާ ދަންނަވައިފި
މިރަސްމިއްޔާތަށް، އިންޑިއާގެ ބޮޑުވަޒީރު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
24 Jul 2025
ސިފައިންގެ މަގުމަތީ ހިނގާލުން މާލެއާ ހުޅުމާލޭގައި
މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން، މާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގަ އެވެ.
24 Jul 2025
މިނިވަން ދުވަހުގެ ހަވީރު 3 ކުން 6:30 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާ
މިނިވަން ދުވަހު މާލޭގައި ވަކި ވަގުތުތަކެއްގައި ހުރިހާ ބާވަތެއްގެ ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ. އެ ގޮތުން އެ ދުވަހުގެ ހަވީރު 3:00 އިން 6:30 އަށް މާލޭގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.
24 Jul 2025
މިނިވަން ދުވަހުގެ ހަރަކާތްތަކާއި ގުޅިގެން 25،26،27 ގައި ވެހިކަލް މަނާ ވަގުތުތަކެއް
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން 2025 ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް ގްރޭޓާ މާލެ ސަރަހައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަަމަށެވެ.
24 Jul 2025
މިނިވަން ދުވަހުގެ ރޭ ހަތަކުން 11:30 އަށް ޓެކްސީއާ ޕްރައިވެޓް ކާރުތަކަށް އެއާޕޯޓަށް ނުވަދެވޭނެ
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ވީއައިއޭގެ އާ ޕަސެންޖާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ޖުލައި 26 ވަނަ ދުވަހުގެ ރޭ 7:00 އިން 11:30 އަށް އެއާޕޯޓަށް ވަންނަ ޓެކްސީ އަދި ޕްރައިވެޓް ކާރުތައް އެއާޕޯޓް ޕޮލިސް ޕޯސްޓް ސަރަހައްދުން ޓްރެފިކަށް ބަންދު ކުރެވޭނެ ކަމަށެވެ.
24 Jul 2025
އެސްޓީއޯއަށް ފައިސާ ދައްކައި ނިހާންގެ މައްޗަށް އޮތް މައްސަލަ ނިންމައިފި
ނިހާންގެ މައްޗަށް އޮތީ އެސްޓީއޯ އިން މާފަންނުކޮޅުގައި ތަރައްގީ ކޮށްފައިވާ ފުޓްކޯޓްތަކުން ތަނެއް ކުއްޔަށް ނަގާ ފައިސާ ނުދައްކާ އޮތް މައްސަލަ އެކެވެ.
24 Jul 2025
ޕޯސްޓްމޯޓަމަށް ފަހު އަބްދުއްރަހްމާންގެ ހަށިގަނޑު ރާއްޖެ ގެނެސްފި، މިވަގުތު މޯޖަރީގައި
ފުލުހުން ބުނީ މިއަދު ހަށިގަނޑު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. މިވަގުތު އަދި އޮތީ ގަލޮޅު މޯޖަރީގަ އެވެ.
23 Jul 2025
ގައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫން: ރައީސް
ރައީސް ވިދާޅުވީ، ހިޔާލުތަފާތުވިޔަސް، އެއްބާރުލުން ދެއްވުމަށް، އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް، އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.