04 May 2026
މިއަދަކީ އުރީދޫގެ 'މޭ ދަ ފޯތު މަގޭ ޕްލޭން ބޯނަސް ކެމްޕޭން' ގެ ފަހު ދުވަސް!
މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕޭނަކީ ހަމައެކަނި އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ކުރިއަށް ގެންދާ އެއްދުވަހަށް ވުރެ އަނެއް ދުވަހު ބޯނަސް ޑޭޓާ ގިނައިން ލިބޭ ޕްރޮމޯޝަނެކެވެ. ކޮންމެ ދުވަހަކުވެސް ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މި ކެމްޕޭންގެ ފަހު ދުވަހު، މަގޭ ޕްލޭންތަކުން 25 އިންސައްތައިގެ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މިއީ މި ކެމްޕޭންގައި ލިބޭ އެންމެ ބޮޑު ފައިދާއެވެ.
04 May 2026
ދިރާގުން 'ބޮޑު އީދަށް ރިސޯޓަށް' ޕްރޮމޯޝަން އިއުލާނުކޮށްފި
ބޮޑު އީދާ ގުޅުވައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ، ދިރާގުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، ތަފާތު ތަޖުރިބާތައް ހޯދައިދިނުމުގެ މަގުސަދުގައި ތައާރަފްކޮށްފައިވާ ޕްރޮމޯޝަނެކެވެ. މި ގޮތުން، އީދު ބަންދަކީ އާއިލާ އާއި ރަހުމަތްތެރިންނާއެކު އީދު ފާހަގަކުރުމަށް އެކުގައި އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ކަސްޓަމަރުންނަށް ހިތްގައިމު ރިސޯޓު ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
03 May 2026
ޓެކްސް ބަޔާން ހުށަ ނާޅައިގެން އިތުރު ކުންފުނިތަކެއްގެ ނަންތައް އާއްމުކޮށްފި
މި ލިސްޓްގައި އާއްމުކޮފައިވާ ނަންތަކަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިނުމުންވެސް ބަޔާން ހުށަނާޅާ ކުންފުނިތައް
03 May 2026
ބީއެމްއެލް ފަންޑް އެހީން ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް
މި ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްސް އާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިންގ ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ.
03 May 2026
އެސް.ޓީ.އޯ ހެލްތުކެއާ އިން ބޭޔަރ ފާމަސޫޓިކަލްސްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކޮށްފި
މި އުފެއްދުންތައް ތައާރަފުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތާއި، ސިއްހީ ދާއިރާގެ މާހިރުންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ކުރިއަށްދިޔައީ މާލޭގެ ހޮޓެލް ޖެންގައެވެ.
02 May 2026
ސްޕިރިޓް އެއާލައިންސްގެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލައި އުވާލަނީ
މި އެއާލައިން ހުއްޓާލަން މަޖުބޫރުވީ، ދަރަނި ރީސްޓްރަކްޗާ ކުރުމަށާއި، ސަރުކާރުގެ ފަރާތުން ލިބޭނެ ކަމަށް ބެލެވުނު 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖު ނުލިބުމާ ގުޅިގެން
01 May 2026
އެސްޓީއޯ ގުރޫޕަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގްރޫޕަށް 2025 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ.
30 Apr 2026
ބީއެމްއެލްއިން ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އެކެޑަމީއާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރުވެސް އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެއެވެ. ބީއެމްއެލް އެކެޑަމީ އަކީ ބޭންކުގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އުފައްދާފައިވާ އެކެޑަމީއެކެވެ.