21 Apr 2026
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ރެކޯޑް ނަތީޖާއެއް ހޯދައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ މާލީ ނަތީޖާ އާންމުކޮށްފިއެވެ. މި ނަތީޖާއަކީ ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ބޭންކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެކެވެ.
16 Apr 2026
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް
މި އެއްބަސްވުމަކީ ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކޯޕަރޭޓް ރަންއަށް އެއްބާރުލުންދިނުމުގެ ގޮތުންވި އެއްބަސްވުމެކެވެ
16 Apr 2026
ބީއެމްއެލް އޭޓީއެމާއި ޕީއޯސްގެ އަޕްގްރޭޑިން މަސައްކަތްތަކެއް ހުކުރުދުވަހު ކުރަނީ
މެއިންޓެނަންސް މަސައްކަތް ކުރިއަށް ދާނީ 17 އޭޕްރީލް 2026 ވާ ހުކުރު ދުވަހުގެ ފަތިހު 3:00 އިން ހެނދުނު 6:00 އަށެވެ. މި ވަގުތުގެ ތެރޭގައި ބޭންކުގެ ބައެއް ޚިދުމަތްތައް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް
16 Apr 2026
ދިރާގުޕޭއިން ރީލޯޑްކޮށްލައިގެން ހިލޭ ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި
މި ހާއްސަ އޮފަރ މެދުވެރިކޮށް ހިލޭ ކްރެޑިޓް ހޯދުމަށް، ދިރާގުޕޭ އެޕްގައިވާ "ފީޗާރޑް" ޓެބް މެދުވެރިކޮށް "ދިރާގު ރީލޯޑް" އިހްތިޔާރުކުރުމަށްފަހު ޕްރިޕެއިޑް ފޯނު ނަންމަރު އަދި ރީލޯޑްކުރަން ބޭނުންވާ އަދަދު ޖަހައިގެން ކުރިއަށް ދިއުމުން އިތުރު ކްރެޑިޓް ލިބިގެންދާނެއެވެ. މި ފުރުސަތު 16 ޖޫން 2026 ގެ ނިޔަލަށް ދިރާގުން ލިބިގެންދާނެއެވެ.
16 Apr 2026
އުރީދޫގެ 18 ވަނަ އުމުރާ ދަތުރުގެ ނަސީބުވެރިޔާ އިއުލާންކޮށްފި
އަމްސަދު ނަޖުމީ އަށް މި ލަކީ ޑްރޯ ގައި ލިބިފައި ވަނީ އުމްރާ ދަތުރެކެވެ. އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.
15 Apr 2026
ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފި
12 Apr 2026
ދިރާގުން 'ޑޮނޭޓް އަ މީލް' އަދި 'ޑޮނޭޓް ޓު އަ ފެމިލީ' މެދުވެރިކޮށް 213،998 ރުފިޔާގެ އެހީ ހަދިޔާކޮށްފި
މި ގޮތުން، ދިރާގުން ވަނީ މިޝަން ފޯ މައިގްރަންޓް ވޯކަރސް މޯލްޑިވްސް އާއި ގުޅިގެން 'ޑޮނޭޓް އަ މީލް' ޕްރޮގްރާމް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް މީލް ޕެކް ބަހައިފައެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1,000 މީލް ޕެކް ހަދިޔާކޮށްފައެވެ. އަދި، ކަސްޓަމަރުން ވަނީ ދިރާގުޕޭ މެދުވެރިކޮށް މި ހަރަކާތައް އިތުރު އެހީތެރިކަން ފޯރުކޮށްދީފައެވެ. މާލެ ސަރަހައްދުގައި ހިމެނޭ މިސްކިތްތައް ކައިރީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ވެސް ވަނީ އަމަލީގޮތުން ބައިވެރިވެ މީލް ޕެކްތައް ބަހައިފައެވެ.
12 Apr 2026
އެލް ސްޓޫޑިއޯއިން އެޕަލް ވޮޗް ގަނެ، އުރީދޫ މޯލްޑިވްސްގެ އީ-ސިމް ހިދުމަތް 6 މަސް ދުވަހަށް ހިލޭ!
މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން، އެލް ސްޓޫޑިއޯ ފިހާރައިން އެޕަލް ވޮޗްގެ ކަނޑައެޅޭ މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް، އިތުރު ހަރަދަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެއެވެ.