ޑރ. މުހައްމަދު ޖަމީލު އަހުމަދު
30 Jul 2023
ރައީސް ޔާމިންގެ ރަނިންގމޭޓަކަށް ޑރ ޖަމީލް
ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމްގެ ރަނިންމޭޓަކަށް ޑރ މުޙައްމަދު ޖަމީލް އަޙްމަދު ހަމަޖައްސަވައިފިއެވެ.
30 Jul 2023
"ހަކުރު ވިއްކުމަށް ރައީސް ތާއިދު ކުރާކަމުގެ ދަލީލު އެބަފެނޭ"
މަސްތުވާތަކެތި ވިއްކުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތާއިދު ކުރާ ވާހަކަ އަކީ ޔޯލަ ވާހަކައެއް ނޫން ކަމަށާ އެކަމުގެ ދަލީލަކަށް އެމަނިކުފާނު ހަނު ހުރުން ފުދޭކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
23 Jul 2023
"މިއަދު ހިނގި ކަންތަކާއި ގުޅިގެން ސީޕީ އިސްތިއުފާ ދޭންޖެހޭ"
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ގާނޫނީ ޓީމުން އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް މާފުއްޓަށް ވަޑައިގެންނެވުމުން ކަން ހިނގައިދިޔަ ގޮތުން، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ އިސްވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
23 Jul 2023
"އޮފިސަރުން މަސައްކަތް ކުރީ، ހުއްދަ ނެތި، ލިޔެކިޔުންތައް ބަލަން"
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ގާނޫނީ ޓީމުން އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް މާފުއްޓަށް ވަޑައިގެންނެވުމުން ކަރެކްޝަންސްގެ އޮފިސަރުން މަސައްކަތް ކުރެއްވީ ވަކީލުންގެ ފައިލް ހުއްދަ ނެތި ބައްލަވަން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.
20 Jul 2023
ރައީސް ޞާލިޙްގެ ފަސްއަހަރަކީ ޒުވާނުން މަގުމަތިވި ފަސް އަހަރު: ޖަމީލް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފަސް އަހަރަކީ ޒުވާނުން މަގުމަތިވި ފަސް އަހަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
18 Jul 2023
ރަސޫލާއަށް ނިސްބަތްކޮށް ދޮގު ހެދުމުން ކޮންމެފަދަ ކަމެއްކޮށްފާނެ
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ނިސްބަތްކޮށް ދޮގުހެދުމުން ޢިމްރާން ކޮންމެފަދަ ކަމެއްކޮށްފާނެ ކަން ސާބިތުވާ ކަމަށް ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
16 Jul 2023
"މި ސަރުކާރުން ވަނީ ފުލުހުން ސިޔާސީ އެކްޓިވިސްޓުންނަށް ހަދާފަ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ ފުލުހުން ސިޔާސީ އެކްޓިވިސްޓުންނަށް ހަދާފައިކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
11 Jul 2023
"އަދީބު ފުރުވާލަނީ ދޮގުހެކި ދިނުމަށް ހަވާލުކުރި ވަޒީފާ އަދާކުރުމުން"
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރާއްޖެއިން ބޭރަށް ދާން ސަރުކާރުން ހުއްދަދިނީ ސަރުކާރުން ބުނާގޮތަށް ދޮގުހެކި ބަސް ދިނުމަށް ހަވާލުކުރި ވަޒީފާ އަދާކޮށް ނިމުމުން ކަމަށް ރައީސް ޔާމިނުގެ އިސް ގާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.