26 Mar 2023
"ރައީސް ޞާލިހު ދެވަނަ ދައުރެއްގެ ހުވަފެން ދެކޭތީ ހަމަ ހައިރާންވޭ"
ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެވަނަ ދައުރެއްގެ ހުވަފެން ދެކިވަޑައިގަންނަވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
22 Mar 2023
"ރައީސް ޞާލިހުހާ ޚަރަދުބޮޑު ރައީސެއް އަދި ނާދޭ"
ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަކީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި އެންމެ ޚަރަދުބޮޑު ރައީސްކަމަށް ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
06 Mar 2023
"ޔާމީނަށް ޙުކުމްކުރާ ފަނޑިޔާރުން ޕްރޮމޯޓް ވުމަކީ އިއްތިފާގެއް ނޫން"
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ޙުކުމްކުރާ ކޮންމެ ފަނޑިޔާރަކު ޕްރޮމޯޓްވާނަމަ އެއީ އިއްތިފާގެއް ނޫން ކަމަށާ، އެއީ ކޮރަޕްޝަން ކަމަށް އެމަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
04 Mar 2023
"މީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ތަކުލީފު ދިން 5 އަހަރު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ 5 އަހަރަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ތަކުލީފުދިން ފަސް އަހަރުކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
03 Mar 2023
ރައީސްގެ މަކަރުވެރި ދޮގުތަކަށް ސަމާލުވޭ: ޑރ ޖަމީލް
ރައީސް އިބްރާހިމް މުހައްމަދް ޞާލިޙްގެ މަކަރުވެރި ދޮގުތަކަށް ސަމާލުވުމަށް ކުރީގެ ނައިބްރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
02 Mar 2023
"އަދާލަތުގެ ވެރިން ފަހަތަށް ނާރަން އާންމުން މިހާރު މިސްކިތްތަކުން ވެސް ފައިބާ"
އަދާލަތު ޕާޓީގެ އިސް ލީޑަރުން އިމާމުކަމަށް އެރުމުން، އެމީހުންގެ ފަހަތަށް ނާރަން އާންމުން މިސްކިތްތަކުން ވެސް މިހާރު ފައިބަމުންދާކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
25 Feb 2023
"ވެރިކަން ދަމަހައްޓަން މަސްތުވާތަކެއްޗާއި ހަށިވިއްކުން ފަހިކޮށްފި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ދަމަހައްޓަން މަސްތުވާތަކެއްޗާއި ހަށިވިއްކުން ފަހިކޮށްފައިވާކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
22 Feb 2023
"ރައީސް ޔާމިނަށް ހުކުން ކުރާ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމަކީ ގޯހެއް"
ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުން ކުރާ ކޮންމެ ފަނޑިޔާރަކަށް ޕްރޮމޯޝަން ދިނުމަކީ ބޮޑު ގޯހެއްކަމަށް، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.