06 Jul 2023
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން، އެކަމަކަށް އިތުރަށް ބަހެއް ނުކިޔޭނެ"
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަމަށް އޮތީ ކަނޑައަޅާފައި ކަމަށާއި، އެކަމާއި ގުޅިގެން އިތުރު ފަރާތްތަކަށް ބަހެއް ނުކިޔޭނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.