22 Mar 2023
މިހާރުވެސް މިތިބީ ރޭހުގެ ކުރީގަ: ޢިމްރާން
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމަނިކުފާނާއި ކޯލިޝަން ހެއްދެވި ޕާޓީތައް މިހާރުވެސް އުޅުއްވަނީ ރޭހުގެ ކުރީގައި ކަމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދުމަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
21 Mar 2023
ރައީސް ޞާލިޙް އައު ކޯލިޝަނާއި ބައްދަލުކުރައްވައިފި
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އައު ކޯލިޝަންގެ އިސްލީޑަރުންނާއި މުލިއާގޭގައި ބައްދަލުކުރައްވައިފިއެވެ.
20 Mar 2023
ޖުމްހޫރީ ޕާޓީން ޖަމިއްޔަތުއް ސަލަފާއި ބައްދަލު ކޮށްފި
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން، ދީނީ ޖަމިއްޔާ އެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފާއި ބައްދަލު ކޮށްފި އެވެ.
20 Mar 2023
"ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދިނުމާމެދު ދަންނަވާނެ އެއްޗެއް ނޭނގޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދިނުމާއިމެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ކުރީގެ ރައީސް އަދި އެމްއާރްއެމް ގެ ޒައީމް އާއި ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބުދޭން ނޭނގޭ ކަމަށް ވިދާޅުވެއްޖެއެވެ.
20 Mar 2023
"ޕީޕީއެމާއި އެކު ކޯލިޝަން ހެދުމުގެ ފުރުސަތު ވެސް އެބައޮތް"
މި ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމާއި އެކު ކޯލިޝަން ހެދުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެމްއާރްއެމް ގެ ޒަޢީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
20 Mar 2023
ރައީސް މާއުމޫން، ޤާސިމް މަޝްވަރާ ބައްދަލުވުމެއް!
މޯލްޑިވްސް ރިފޯމް މޫމްމަންޓް (އެމްއާރއެމް) ގެ ޒައީމް ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދު 1 ގައި އެމްއާރއެމް އޮފީސް، ހ. ފުލިދޫގޭއަށް ވަޑައިގެން ރައީސް މައުމޫން ވަނީ މީޑީއާއާއި ބައްދަލުކުރައްވާފައެވެ. އެގޮތުން މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޤާސިމް އިބްރާހިމްއާއެކު މަޝްވަރާކުރެއްވުމަށް ބައްދަލުކުރައްވަނީ ކަމަށް ވަނީ ވިދާޅުވެފައެވެ.
19 Mar 2023
"އިންތިޚާބުގައި ވަކި ފަރާތަކަށް ނުޖެހޭނަން، ނުފޯޒު ފޯރުވިޔަކަ ނުދޭނަން"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަން އެއްވެސް ފަރާތަކަށް ނުޖެހޭނެ ކަމަށާއި، ކޮމިޝަނަށް އެއްވެސް ދިމާލަކުން ނުފޫޒު ފޯރުވާނެ ޖާގައެއްވެސް ނުދެއްވާނެކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
19 Mar 2023
އެމްއާރްއެމްއިން ރައީސް ޞާލިހާއި ބައްދަލުކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާގުޅޭ ގޮތުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ޒައީމް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމާއި, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.