ރިޔާސީ އިންތިޚާބު 2023
02 Mar 2023
ބީވީއައިއެސްއެމްއިން ސިއްރު ވޯޓުލުމުގެ ހައްގު ހޯދުމަށް ބުރަ މަސައްކަތްތަކެއް
އެހީތެރިޔަކާއި ނުލާ ލޯފަން މީހުންނަށް ސިއްރު ވޯޓުލުމުގެ ހައްގުލިބިގަތުމަށްޓަކައި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ދަނީ އިލެކްޝަން ކޮމިޝަންއާއި ރާއްޖޭގެ ސިޔާސީ ޕާޓީތައް އަދިި މީޑިޔާތަކާއި ބައްދަލު ކުރަމުންނެވެ.
01 Mar 2023
"ރައީސް އާއި އެކު ކޯލިޝަން ހަދަން ވާހަކައެއް ނުދައްކަން"
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު ކުރެވުނު މަޝްވަރާ ރައްޔިތުން ބަލަން ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
01 Mar 2023
ޤާސިމް އިބްރާޙީމް ރައީސް އޮފީހަށް ވަޑައިގެންފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުއްލި ގޮތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވައިފިއެވެ.
27 Feb 2023
"ރިޔާސީ އިންތިޚާބަށް އެންމެ ފުރަތަމަ ކެންޑިޑޭޓެއް ދެއްކީ ޕީޕީއެމް"
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެންމެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓެއް ދެއްކީ ޕީޕީއެމުން ކަމަށާއި، އެއީ ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
26 Feb 2023
ގަރާރަށް ޢަމަލު ކުރުން ކޮންމެހެން ލާޒިމެއް ނޫން: ޤާސިމް
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް އަށް ހުށަހަޅާ ފާސްކުރި ގަރާރަކީ އޭގެ މައްޗަށް އަމަލު ކުރަން ކޮންމެހެން ލާޒިމް ގަރާރެއް ނޫން ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
25 Feb 2023
"ކެތްތެރިވެ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ތިބޭނަން"
ކެތްތެރިކަން އިސްކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަނބުރާ ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ސާބިތުވެ ތިއްބަވާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޣާއްސާސް މައުމޫނު ވިދާޅުވެއްޖެ އެވެ.
23 Feb 2023
"އެމްޑީއޭއާއި ޕީޕީއެމް އަކީ އެއްބަޔެއް، ކޯލިޝަން ހަދާނެކަމުގެ އުންމީދު ބޮޑު"
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ އެއްބަޔެއް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީއޭއިން ޕީޕީއެމްއާއެކު ކޯލިޝަން ހަދާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
23 Feb 2023
ރިޔާސީ އިންތިޚާބަށް ގޮތް ނިންމާ ބައްދަލުވުނ ޖޭޕީން މާދަން ފަށަނީ!
900 އަށްވުރެ ގިނަ މަންދޫބުންނާއެކު ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް މާދަން ފަށާނެކަން އިއުލާނުކޮށްފި އެވެ.