14 Mar 2023
އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް އޮފިޝަލުން ހޯދަނީ
2023 ސެޕްޓެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ 8000 އޮފިޝަލުން ހޯދުމަށް އިލެކްޝަން ކޮމިޝަނުން އިޢުލާން ކޮށްފިއެވެ.
13 Mar 2023
"ނުފޫޒު ފޯރުވާ ނަމަ ވޯޓު ފޮށިތައް ބަނދަރުން ހޮވަން ޖެހިދާނެ"
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ފޯރުވަމުންދާ ނުފޫޒު ތަކަށް އިލެކްޝަންސް ކޮމިޝަނުން ބޯލަނބައިފި ނަމަ، ވޯޓު ފޮށިތައް ރަށްރަށުގެ ބަނދަރުން ހޮވާ ހިސާބަށް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޠާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
09 Mar 2023
"ވާދަވެރިންގެ ތެރޭގައި ރައީސް ބަލިކުރެވޭނެ އެކަކުވެސް ނެތް"
މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަމަށް އަޑު އަރާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބަލިކޮށްލެވޭނެ ފަދަ ބޭފުޅެއް ފެނިވަޑައިނުގަންނަވާ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
07 Mar 2023
"ގާސިމް އަނދަވަޅަށް ވެއްޓެނީއެއް ނޫން؛ ކޮއްޕާ ވައްޓާލަނީ"
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، އަނދަޅަށް ވެއްޓެނީ ނޫން ކަމަށާ އެހެނެއް ކަމަކު، ކޮންމެ ފަހަރަކުވެސް އެމަނިކުފާނުގެ ބޭނުން ކެނޑުމުން އަނދަވަޅުގެ ތެރެއަށް ކޮއްޕާ ވައްޓާލަނީ ކަމަށް ވިދާޅުވެ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދަށް ރައްދު ދެއްވައިފިއެވެ.
07 Mar 2023
"ކޯލިޝަންގައި ޖޭޕީ އޮއްވާ އަލީ ދައްކަވަނީ ހެއްވާ ވާހަކައެއް"
އަދުގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އޮތް އިރު، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ދައްކަވަނީ ހެއްވާ ވާހަކައެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.
06 Mar 2023
އިންތިހާބާމެދު ގާސިމް ގޮތެއް ނިންމަވާނީ ރައްޔިތުންނާމެދު ވިސްނަވާފައި: އިމްރާން
ރިޔާސީ އިންތިހާބާމެދު ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިމްރާހިމް ގޮތެއް ނިންމަވާނީ ރައްޔިތުންނާމެދު ވިސްނަވާފައި ކަމަށް ހޯމް މިނިސްޓްރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
06 Mar 2023
ރިޔާސީ އިންތިޚާބުގައި ޖޭޕީ އިން ވާދަކުރާނެ: އަލީ ޞާލިޙް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އިން ވާދަ ކުރާނެ ކަމަށް އެޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Mar 2023
ރިޔާސީ ރޭހަށް ޑރ. މުނައްވަރު ނިކުންނަވަނީ
ކުރީގެ ބަންޑާރަނައިބު އަދި އެމްޑީޕީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު އަންނަ ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމާފިއެވެ.