ރިޔާސީ އިންތިޚާބު 2023
16 Mar 2023
ބީވީއައިއެސްއެމް އެދުނު ގޮތަށް އިންތިހާބާ ބެހޭ ގާނޫނު ބަދަލުކުރަނީ
ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ވެސް އެހެން މީހެއްގެ އެހީތެރިކަމެއް ނެތި، ސިއްރު ވޯޓެެއް ލެވޭ ފަދަ އާލާތެއް ބޭނުންކުރެވޭ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު ބަދަލުކުރަން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
16 Mar 2023
މަޤާމުތަކުގައި ތިބި ޖޭޕީ ބޭފުޅުން ޖެހޭނީ އިސްތިއުފާދޭން
ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ޖެހޭނީ އިސްތިއުފާ ދޭން ކަމަށް މަކުނުދޫ ދައިރާގެ މެމްބަރު މުހައްމަދު ރާއީ މިއަދުގެ މަޖިލީހުގެ ތަޅުމުގައި ވިދާޅުވެއްޖެއެވެ.
15 Mar 2023
ޖޭޕީން ކެނޑިޑޭޓަކު ނެރެން ނިންމީ ބައެއް ޕާޓީތަކުގެ އިލްތިމާސްއާއެކު"
ޖޭޕީން ކެނޑިޑޭޓަކު ނެރެން ނިންމީ ބައެއް ޕާޓީތަކުގެ އިސްވެރިންގެ އިލްތިމާސްއާއެކު ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
15 Mar 2023
"ޖޭޕީގެ ވަޒީރުން އިސްތިއުފާ ދެއްވަން ޖެހެންޏާ ރައީސް ޞާލިހުވެސް އިސްތިއުފާދެއްވަން ޖެހޭ"
ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރެގެން އިންތިޚާބުގައި ވާދަކުރައްވަން ނިންމި ނިންމުމާއެކު މިހާރު ސަރުކާރުގެ މަޤާމުގައި ތިއްބެވި ޖޭޕީގެ ވަޒީރުންނާއި އެހެން ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ނެރުމަށް އެދިފައެއް ނުވާނެ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ނޫން އެހެން ކެންޑިޑޭޓެއް ނެރުމަށް އިދިކޮޅު އިއްތިހާދުން އެމަނިކުފާނުގެ ލަފާފުޅަކަށް އެދިވަޑައިގެންފައި ނޯންނާނެކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
15 Mar 2023
ޖޭޕީއިން އިންތިޚާބުގައި ވާދަކުރަން ނިންމުމުން ރައީސް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ
ޖުމްހޫރީ ޕާޓީ އިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދް ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
15 Mar 2023
"ރައީސް ޞާލިހަށް %51.2 އިން އިންތިޚާބު ކާމިޔާބު ވާނެ"
މި އަހަރު ސެޕްޓެމްބަރު މަހު އޮން ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކޯލިޝަނަށް %51.2 ވޯޓު ލިބޭނެ ކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
14 Mar 2023
ރައީސް ޞާލިޙް ގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރާނެ: ޢަލީ ޒާހިރު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕް ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.