19 Sep 2023
"ރައްޔިތުން ކުރިމަތީ ތިބީ ނަތީޖާ ނެރެދިން ބަޔަކާއި ފެއިލްވެފައި ތިބި ބައެއް"
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރުމަށް ރައްޔިތުންގެ ކުރިމަތީގައި ތިބީ ފަސް އަހަރުގެ ކާމިޔާބު ވެރިކަމެއް ކޮށް، ތަރައްގީގެ ކަންކަމުގައި ނަތީޖާ ނެރެދީފައިވާ ބަޔަކާއި، ފަސް އަހަރުދުވަހުން ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ދުވެލީގައި ނުގެންދެވި ފެއިލްވެފައި ތިބި ބައެއްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.