ރިޔާސީ އިންތިޚާބު 2023
17 Sep 2023
"ބައެއް ކުޅުންތެރިން ބަދަލު ކޮށްފިން؛ މިކުޅެނީ އެޓޭކް މޯޑުގައި"
ދެވަނަ ބުރަށް ނުކުންނަވަނީ ބުންވަރު ހުރި ކުޅުންތެރިން ކުރިއަށް ނެރުއްވަައިގެން، "އެޓޭކް މޯޑުގައި" ކަމަށް އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
17 Sep 2023
"ގަދަބަސް ހިފަހައްޓަން ޔާމިނު ޖަލަށްލާނެ ކަމަށް ހިޔެއް ނުކުރަން"
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލާނެކަމަށް މި ސަރުކާރުގެ ވެރިން ވިދާޅުވި "ގަދަބަސް" ނަގަހައްޓަން، އެމަނިކުފާނު ޖަލަށް ލުމުގެ ފުރުސަތު ޝަރުއީ ދާރިއާއިން ފަހިކޮށްދޭނެކަމަށް ޤަބޫލުކުރެވިފައި ވެސް ނެތްކަމަށް ރައީސް ޔާމީންގެ އިސް ޤާނޫނީ ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
17 Sep 2023
އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރާނީ 5 ލަނޑު 2 ލަނޑުން: ރައީސް ޞާލިހު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ 5 ލަނޑު 2 ލަނޑުން ކުރި ހޯއްދަވައިގެން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
16 Sep 2023
ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން ނިންމައިފި
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.
16 Sep 2023
ރައީސް ޔާމީނާއި މާދަން ބައްދަލުކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާދަމާ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމާއި ބައްދަލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
16 Sep 2023
ޝިޔާމު ވިދާޅުވެދެއްވީ މަޝްރޫއުތައް ނުނިމި ދެގުނައަށް އަގު ބޮޑުވާ ސަބަބު!
މި ސަރުކާރުން އެކި ކަންކޮޅުތަކުގައި ފަށާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް 5 އަހަރުތެރޭ ނުނިންމި، އެ މަޝްރޫއުތަކުގެ އަގުތައް އެތައް ގުނައެއް އުފުލިގެން ދިޔަ ސަބަބު ޕީޕީއެމް ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ތިލަ އިބާރާތުން ހާމަކޮށްދެއްވައިފި އެވެ.
16 Sep 2023
ފުރަތަމަ ބުރުގެ ވޯޓުލީ ފޮށީގެ ލޮކޭޝަން ބަދަލުވުމުން އާންމުންނަށް އޮޅުން އަރާނެ: އާދަމް ޝަރީފް
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބަހައްޓާފައިވާ ވޯޓުފޮށީތަކުގެ ލޮކޭޝަން ދެވަނަ ބުރުގައި ބަދަލުވުމަކީ އެކަމުގެ ސަބަބުން އާންމުންނަށް އޮޅުން އަރާނެ ކަމެއް ކަމުގައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
16 Sep 2023
ވޯޓުލާމީހުން ވޯޓުލާތަން ނޭނގި ބަދަލުކުރާ ޝަކުވާ އެބަލިބޭ!
ވޯޓުލާމީހުންގެ ވޯޓުލާތަން އެމީހުންނަށް ނޭނދި ބަދަލުކުރާ ކަމުގެ ޝަކުވާ އެބަލިބޭ ކަމަށާއި އެކަން ކުރާ ބަޔަކު ބަލަން ޖެހޭ ކަމަށް އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.