ރިޔާސީ އިންތިޚާބު 2023
14 Sep 2023
"އިންޑިއާ ސިފައިން ރާއްޖެއިން ބޭލޭނީ ޑޮކްޓަރުންނާއި ޓީޗަރުންނާއި ވެސް އެކު"
ޤަވައިދާއި ޚިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް އިންޑިއާ ސަރުކާރާއި ކުރިމަތިލުމުގެ ހިތްވަރު، އެކަން ކުރައްވާނެކަމަށް ވިދާޅުވަމުން ގެންދަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކިބައިގައި އެބަހުރި ތޯ އައްސަވާ އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން މޫސާ މަނިކު (ރީކޯ) ސުވާލު ކުރައްވައިފި އެވެ.
14 Sep 2023
"ދޮގުވާހަކަތައް ތަކުރާރުވާ ނަމަ އިތުރަށް އެމްޑީޕީގެ ނަތީޖާ ދަށްވާނެ"
ހަރުކަށި ފިކުރާ ގުޅުވައިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ގުޅޭގޮތުން އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ކެންޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ކޮންމެ ދުވަހަކުހެން ދައްކަވަމުން ދިޔަ ދޮގުވާހަކަތައް ތަކުރާރުވާ ނަމަ އިތުރަށް އެމްޑީޕީގެ ނަތީޖާ ދަށްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2023
އެމްޑީޕީން އެމްއާރްއެމްގެ ޓީމާ ބައްދަލުކޮށްފި!
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫންގެ ޓީމެއް އެމްޑީޕީއާ ބައްދަލު ކުރައްވައިފިއެވެ.
14 Sep 2023
ސަރުކާރު ރަނގަޅު ނަމަ މުވައްސަސާތައް ހުންނާނީ ބަދަލުވެފަ!
ސަރުކާރު ރަނގަޅު ނަމަ މުވައްސަސާތައް ހުންނާނީ ބަދަލުވެފައި ކަމަށް އެމްޑީޕީގެ ކުރީގެ  ރައީސް އަދި ކުރީގެ މަޖްލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.
14 Sep 2023
"އަމީނީ މަގު ހަދަމުން މި ދަނީ ސީދާ ރައީސް ޞާލިހުގެ ބެއްލެވުމުގެ ދަށުން"
މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ބެއްލެވުމުގެ ދަށުންކަމަށް އެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
14 Sep 2023
އިންތިހާބު ބާތިލް ކުރާކަށް ނުޖެހޭ: ފުއާދު
ރިޔާސީ އިންތިހާބުގެ ވޯޓުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލް ކުރިއޭ ކިޔާފައި އަޑުގަދަ ކުރަންވީ ސަބަބެއް ނެތް ކަމަށް، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
14 Sep 2023
ބޮޑުފޮޅުދޫ ބަނދަރުގެ ޖާގަ އިތުރުކޮށް ތަރައްގީ ކޮށްދޭނަން: ޑރ މުއިއްޒު
ޓުއަރިޒަމް އާއި ތަފާތު އެކިއެކި މަސައްކަތްތައް ކުރިއަރަމުން އަންނަ އިރު ޖާގަ ތަނަވަސް ބަނދަރެއް ބޮޑުފުޅަދުއަށް ވަރަށް މުހިއްމު ކަމަށާއި، ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި އއ ބޮޑުފުޅަދޫ ބަނދަރުގެ ޖާގަ އިތުރުކޮށް ތަރައްގީ ކޮށްދެއްވާނެ ކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
14 Sep 2023
ދެވަނަ ބުރުގެ ކެމްޕެއިނަށް ޑރ މުއިއްޒު އަރިއަތޮޅަށް
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން އަރިއަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރައިފިއެވެ.
14 Sep 2023
މޮނީޓަރުންނާއި މަންދޫބުންނަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން ކުރިއަށްދާ ވަގުތުގައްޔާއި އަދި ވޯޓު ގުނާވަގުތު އެކަންކަން މޮނީޓަރ ކުރުމަށާއި އިބްތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.
14 Sep 2023
ކުރެވޭ ތުހުމަތުތަކުގެ ޖަވާބު އަޅުގަނޑުގެ މާޒީން ލިބޭނެ: ޑރ މުއިއްޒު
ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ކުރިއަށް މި އޮތް 16 ވަރަކަށް ދުވަހުގެ ތެރޭގައި އެމަނިކުފާނާއި ބެހޭގޮތުން ތަފާތު ވާހަކަތައް ފަތުރާނެކަމަށާއި އެހެން ނަމަވެސް އެމަނިކުފާނާއި ގުޅޭގޮތުން ކުރެވޭ ހުރިހާ ތުހުމަތުތަކެއްގެ ޖަވާބު އެމަނިކުފާނުގެ މާޒިން ލިބިގެންދާނެ ކަމުގައި ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.