14 Sep 2023
މުއިއްޒުގެ ވެރިކަމެއްގައި ހަންޏާމީދުއަށް ފީފާގެ ސްޓޭންޑަރޑް އަށް ފެތޭ ފުޓްބޯޅަ ދަނޑެއް
އދ ހަންޏާމީދޫ ޒުވާނުންގެ އެދުމާއި އެއްގޮތަށް އެމަނިކުފާނުގެ ސަރުކާރެއްގައި އެ ރަށުގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ ގެ ސްޓޭންޑަރޑް އަށް ފެތޭ ފުޓްބޯޅަ ދަނޑެއް އަޅައިދިނުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވައުދުވެޑައިގެންފިއެވެ.