ރިޔާސީ އިންތިޚާބު 2023
16 Sep 2023
ރި ރެޖިސްޓްރޭޝަނަށް އިއްޔެ އެކަނިވެސް 9000 ފޯމު ލިބުނު
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި އިއްޔެ އެކަނިވެސް 9000 ފޯމު ހުށަހަޅައިފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
16 Sep 2023
އެއްވެސް ސަބަބަކާ ހުރެ މި ގައުމުގައި ބޭރުގެ ސިފައިން ތިބެގެން ނުވާނެ: ޑރ މުއިއްޒު
އެއްވެސް ސަބަބަކާ ހުރެ އެއްވެސް ކަމެއްގައި ދިވެހިރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ތިބެގެން ނުވާނެ ކަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
16 Sep 2023
ޑރ މުޢިއްޒު ކެމްޕޭނަށް ހދ، ހއ އަދި ށ އަށް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީއެންސީ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ހދ، ހއ އަދި ށ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ފުރައި ވަޑައިގެންފިއެވެ.
16 Sep 2023
"ހުޅުމާލެ ދެވަނަ ފިޔަވަހިން ދިން ގޯތިތަށް ހަމަ އެގޮތަށް ދޫކުރާނަން"
މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިން ގޯތިތައް، ސަރުކާރުން ދޫކުރި ގޮަތަށް ދެއްވާނެކަމުގެ ޔަގީންކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
16 Sep 2023
ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭނަން
ވެރިކަން ލިބިވަޑައިގެންފި ނަމަ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
16 Sep 2023
"ޑރ މުއިއްޒު އިންތިޚާބު ކާމިޔާބު ކުރައްވާނީ 60% ވޯޓާއި އެކު"
މި އަހަރުގެ ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ 60% ވޯޓު ހޯއްދަވައިގެން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
16 Sep 2023
ހިޔާ ސަރަހައްދުން ޑރ މުއިއްޒަށް އޮތް ތާއީދު ދައްކާލައިފި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނަށް ހުޅުމާލޭ ދެވަނަ ފިޔަވަހި (ހިޔާ ސަރަހައްދަށް) ވަޑައިގަތުމުން ރައްޔިތުން ނިކުމެ އެ ސަރަހައްދުން އެމަނިކުފާނަށް އޮތް ތާއީދު ދައްކާލައިފި އެވެ.
16 Sep 2023
"ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން މަންހަޖުގައި ހިމަނާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި "ޤައުމިއްޔަތަކީ" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ޤައުމީ މަންހަޖުގައި ހިމަނުއްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.