ރިޔާސީ އިންތިޚާބު 2023
13 Sep 2023
ވޯޓުލާން މީހުން ނުދިޔާއީ ދެވަނަ ބުރެއް އޮންނާތީ: މެޑަމް ފަޒުނާ
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނުނިކުތީ އިބްތިހާބުގެ ދެވަނަ ބުރެއް އޮންނާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
13 Sep 2023
ޑރ މުޢިއްޒު މާދަމާ އަރި އަތޮޅަށް، ހުސެއިން ހުވަދުއަށް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީއެންސީ އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު އަރިދެކުނަށާއި އަރި އުތުރަށް އަދި ރަނިންގމޭޓް ހުސެއިން މުޙައްމަދި ލަތީފް ހުވަދުއަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
13 Sep 2023
ފާރިސް އާއި ޕީޕީއެމް ކޯލިޝަން ހަދަން މަޝްވަރާ ކުރަނީ
ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާއި، އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަހްމަދު ފާރިސް މައުމޫނުގެ ޓީމާއި މަޝްވަރާކޮށްފިއެވެ.
13 Sep 2023
ކޯލިޝަން މަޝްވަރާއަށް ރައީސް ޞާލިހު، ގާސިމް އަރިހަށް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ބައްދަލުކުރައްވަން ސަންއައިލެންޑަށް ވަޑައިގެންފިއެވެ.
13 Sep 2023
ސްޓޭޓް މިނިސްޓަރ އަނަސްގެ ކޮއްކޮ ޕީޕީއެމަށް
މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު އަނަސް ޢަބްދުއް ސައްތާރުގެ ކޮއްކޮ ޕީޕީއެމް އަށް ސޮއިކުރައްވައިފިއެވެ.
13 Sep 2023
މުޢިއްޒާ ސަލަފާ ގުޅުވާތީ ނަޝީދުގެ ބަހުގެ ހަމަލާތަކެއް އެމްޑީޕީއަށް!
ދިވެހިރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާ، އިސްލާމީ ގައުމެއްގައި، އިސްލާމްދީން ކިޔަވައިގެން ތިއްބެވި ބޭފުޅުންނަށް ސަރުކާރުގެ މަގާމުތައް ލިބިދާނެތީ ބަޔަކު އެހާ ބިރުން އުޅެނީ ކީއްވެތޯ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ސުވާލުކުރައްވައިފިއެވެ.
13 Sep 2023
މަޢާފަށް އެދޭނީ އެދެން ޖެހޭ ހާލަތްތަކުގައި: ފައްޔާޒު
މައާފަށް އެދޭނީ ހަގީގަތުގައި ވެސް އެދެން ޖެހޭ ހާލަތެއްގައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދަ ޑިމޮކްރެޓްސްއަށް ރައްދު ދެއްވައިފިއެވެ.
13 Sep 2023
އަޅުގަނޑުމެންގެ ހިސާބުތައް ދައްކަނީ މޮޅުވާނެކަމަށް: އަސްލަމް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބަލި ނުވާ ކަމަށާ، އެ ބޭފުޅުންގެ ހިސާބުތައް ދައްކާގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެ ޕާޓީން ކަމަށް ރައީސް ޞާލިހު ގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.