ރިޔާސީ އިންތިޚާބު 2023
04 Sep 2023
ލ އަތޮޅުގައި އެއަރޕޯޓު އަޅާނެ ރަށެއް ކަނޑައަޅާނީ ދިރާސާ ކޮށްފައި
ޕީޕިއެމް/ޕީއެންސީ ގެ ވެރިކަމެއްގައި ލ އަތޮޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ޑޮމެސްޓިކް އެއަރޕޯޓް އަޅާނެ ސަރަހައްދެއް ކަނޑައަޅާނީ ވަރަށް ވިސްނާފައި ދިރާސާތައް ކުރުމަށްފަހު ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
04 Sep 2023
ދިޔަމިގިއްޔާއި މަޑިފުށި ގުޅުވާލަން މުއިއްޒު ވައުދުވެއްޖެ!
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ވެރިކަމަށް އާދެވިއްޖެނަމަ، ތ އަތޮޅު ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅުވައިލައްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.
04 Sep 2023
މުއިއްޒު އިންތިހާބު ކާމިޔާބު ކުރާނީ 60 އިންސައްތަ ވޯޓުން: އަބްދުއްރަހީމު
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ ވޯޓުލާ މީހުންގެ 60 އިންސައްތަ ތާއީދާއެކު ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
04 Sep 2023
ޣައްސާން ކިޔައިދެއްވީ މުޢިއްޒުގެ ތޫނުފިލި ކަމުގެ ވާހަކަތައް
ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން މަޖީދިއްޔާ ސްކޫލުގައި ސާނަވީ ތަޢުލީމު ހާސިލް ކުރައްވަމުން ދިޔަ ދުވަސްވަރު، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ކިބައިން ފެނިވަޑައިގެންނެވި ތޫނު ފިލިކަމުގެ ބައެއް ވާހަކަތައް ކިޔައިދެއްވައިފިއެވެ.
04 Sep 2023
"ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅާނަން"
ލ ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް ގާއިމްކޮށްދެއްވުމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
04 Sep 2023
އަޅުގަނޑަކީ ދެފުށްކެހެރި މީހެއް ނޫން: ސިޔާމް
އެބޭފުޅާ އަކީ 'ދެފުށްކެހެރި' މީހެއް ނޫން ކަމަށާ، ކުރިއަށް އޮތް ފަސް އަހަރު ނިމެންދެން ހުންނަވާނީ، އެމްޑީޕީީ ގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެކު ކަމަށް އެމްޑީއޭގެ ލީޑަރ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
03 Sep 2023
ރައީސް ޔާމީން އާއި ފާރިސް ބައްދަލެއް ނުކުރޭ: އިދިކޮޅުު
އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް މައުމޫނާއި، އޭނާގެ ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ބައްދަލުކުރެއްވި ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށާ، އެއީ ޕާޓީގެ މެންބަރުން ބައި ބައި ކުރުމަށް ހިންގާ ޖަރީމާއެއް ކަމަށް އިދިކޮޅުު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
03 Sep 2023
އަންނަ އާދީއްތަ ދުވަސް ބަންދު!
އަންނަ އާދީއްތަ ދުވަހަކީ ބަންދުވަހެއް ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ކަނޑައަޅުއްވައިފިއެވެ.