02 Sep 2023
"ނަޝީދުގެ ވެރިކަން ނިމުނު ގޮތާމެދު ފުންކޮށް ވިސްނަންޖެހޭ"
ވެރިކަމުގެ ދައުރުގެ ފަސް އަހަރު ހަމަވުމުގެ ކުރީން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން، ނިމިގެންދިޔަ ގޮތާއި މެދު ހުރިހާ ރައްޔިތުން ވެސް ފުންކޮށް ވިސްނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
02 Sep 2023
މިގަރުނުގައި ހުރި އެންމެ ޙިކްމަތްތެރި ލީޑަރަކީ ރައީސް ޞާލިޙް!
ިގަރުނުގައި ރައީސެއްގެ މަޤާމުގައި ހުރި އެންމެ މޮޅު އެންމެ ޙިކްމަތްތެރި އިޤްތިޞާދު ކޮޅައްޖެހޭނެ ބޭޅަކަށް ހުރީ ހަމައެކަނި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ.މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
02 Sep 2023
"ވޯޓު ވިއްކާލައިގެން ޤައުމުގެ މުސްގަތުބަލު ވިއްކާލާ ބަޔަކަށް ނުވާތި"
ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓު ގަންނަން ދޭ ފައިސާގައި ހިފާ މި ޤައުމުގެ މުސްތަގުބަލު ވިއްކާލާ ބަޔަކަށް ނުވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ މުޙައްމަދު ޝަހީމު އަލީ ސައީދު ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
02 Sep 2023
ރައްޔިތުންގެ އިޙްސާސްތައް ދަންނަނީ ރައީސް ޞާލިޙް!
ރައްޔިތުންގެ އިޙްސާސްތަކާއި ކެކުޅުންތައް އެންމެ ބޮޑަށް ދަންނާނެ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް މިސަރުކާރުގެ ދިފާޢީ ވަޒީރު އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
02 Sep 2023
"ރައީސް ޔާމީން އެދެނީ އަޅުވެތިވެފައިވާ މި ސަރުކާރު ނިންމަން"
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގަންނަވަނީ އިންޑިއާއަށް އަޅުވެތިވެފައި އޮތް މި ސަރުކާރު ނިންމާދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
02 Sep 2023
"އިންތިޚާބު ދެވަނަ ބުރަކަށް ގެންގޮސް ފައިސާ އިސްރާފުކުރަން ނަހައްދަވާ"
މިއަހަރުގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ނު ގެންގޮސް އެއްބުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު އިންތިޚާބު ކޮށްދިނުމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
02 Sep 2023
އުފާވެރި މާލެ: ފުދުންތެރިކަން ކުޑަ މީހުންނަށް ކައުންސިލް ހައުސިންގ
ރޭ އެމްޑީޕީއިން މާލެ ސިޓީގައި ބޭއްވި ޖަލްސާގައި ތަޢާރަފްކުރި "އުފާވެރި މާލެ" މެނިފެސްޓޯގެ ދަށުން ފުދުންތެރިކަން ކުޑަ ފަރާތްތަކަށް ކައުންސިލް ހައުސިންގ ފޯރު ކޮށްދޭނެ ކަމަށް ބުނެފިއެވެ.
01 Sep 2023
މިރޭ ވޯޓު ގުނިޔަސް އަޅުގަނޑުމެން މޮޅުވާނެ: ރައީސް ޞާލިހު
ރިޔާސީ އިންތިހާބުގެ ވޯޓު މިރޭ ގުނައިފި ނަމަވެސް، އެ އިންތިހާބު ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަަމަށް އެމްޑީޕީީ ގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.