ރިޔާސީ އިންތިޚާބު 2023
01 Sep 2023
ލަންކާގައިއުޅޭ ދިވެހިންނަށް ޚާއްސަކޮށްފައިވާ މެނިފެސްޓޯއެއް!
ޕީޕީއެމް/ޕީއެންސީގެ ރީޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ރިޔާސީ މެނިފެސްޓޯ ގައި، ސްރީލަންކާގައި ދިރިއުޅެމުންދާ، ދިވެހިންނަށް ހުރިކަންކަން ޢިއުލާން ކުރުމަށް، މާދަމާ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
01 Sep 2023
"ރައީސް ޔާމީން ވިދާޅުވިއޭ ކިޔާ ދޮގު ވާހަކަ ފަތުރަނީ ބަލިވާތަން ފެންނާތީ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވިކަމަށް ބުނެ ސަރުކާރު އަޑީގައި އޮވެގެން ދޮގު ޚަބަރުތައް ފަތުރަމުން ދަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގޮތް ހުސްވެގެން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
01 Sep 2023
ކިސަޑު ގަނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށްް!
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަކީ ޖަވާހިރެއް ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
01 Sep 2023
"ހުރިހާ ޕާޓީތަކުގެ ޝައުގުވެރިކަން އޮތީ މުއިއްޒަށް ހުއްޓިފައި"
އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައީސް ޞާލިހުގެ ތަރުޖަމާނު މާރިޔާ ދީދީއަށް ފާޑުވިދާޅުވެއްޖެ އެވެ.
01 Sep 2023
"މުޢިއްޒު ވެރިކަމަށް ގެންނަން ބޭނުންވާ ކަމަށް ޔާމީން ވިދާޅުވި"
އެމަނިކުފާނު ތާއީދު ކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒު އަށް ކަމަށާއި، މި އިންތިހާބުގައި ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮއްވަވަން ނުހަނު ބޮޑަށް ބޭނުންފުޅުވާކަމަށް، ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުގެ ޓީމުން ވިދާޅުވެއްްޖެއެވެ.
01 Sep 2023
ސަޕޯޓަރުން މާޔޫސްކުރަން އުޅުނަސް އެކަމެއް ނުވާނެ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރުގެ އެންގުމަށް، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މާޔޫސްކުރަން ބައެއް މީޑިއާ ތަކުން މަސައްކަތް ކުރި ނަމަވެސް، އެކަމެއް ނުވާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
01 Sep 2023
"މި ރިޔާސީ އިންތިޚާބުގައި ވަގު ހެދިޔަ ދީގެން ނުވާނެ"
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމުގެ ފުރުސަތު ނުލިބޭނެހެން ވަރަށް ބޮޑަށް ފާރަވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ގޮވާލައްވައިފި އެވެ.
01 Sep 2023
"ސަރުކާރު ބައިކުރަން ޖެހުމަކީ ސަރުކާރު ރަނގަޅަށް ނުހިންގޭ ސަބަބު"
މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތަޢާރަފުވި ފަހުން އުފެދުނު ސަރުކާރުތައް ރަނގަޅަށް ނުހިންގި، ރާއްޖޭގެ ސިޔާސީ ހަމަޖެހުން ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރު ބައިކުރަން ޖެހުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.