03 Sep 2023
ފޮނަދޫގައި ސިޓީ ހޮޓާހެދުން ގައުމީ ސަލަމާތަށް އޮތް ނުރައްކަލެއް؟
ހުކުރު ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ މާލޭގެ ބޮޑު ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް އެމަނިކުފާނު ދެން އަންނަ ރިޔާސީ ދައުރަކަށް ރައްޔިތުން ހޮވައިފިނަމަ ހިންގަވާނެ ވަރަށް ބޮޑު މަޝްރޫއެއް އިއުލާން ކުރެއްވިއެވެ. އެމަޝްރޫއު އިއުލާން ކުރައްވަމުން ވިދާޅުވީ އެއީ މެނިފެސްޓޯ އިއުލާން ކުރިއިރު ކަސިޔާރުވެފައިވާ އެކަމަކު މިހާރު އެމަނިކުފާނު ވާހަކަދައްކަވައި ހިންގަވަން ނިންމަވާފައިވާ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.