ރިޔާސީ އިންތިޚާބު 2023
03 Sep 2023
"އެއްވެސް ސަރުކާރަކުން ދިން އެއްޗެއް، ނޯންނާނެ"
އެއްވެސް ސަރުކާރަކުން ނުހައްގުން ދިން އެއްޗެއް ނޯންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
03 Sep 2023
ޤާސިމް ވިދާޅުވީ ރައީސް ނާސިރާއި، މައުމޫނުގެ ޚާރިޖީ ސިޔާސަތު ރަނގަޅުކަމަށް!
ވެރިކަން ލިބިވަޑައިގެންފި ނަމަ ތަންފީޒުކުރައްވާނީ ކުރީގެ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި، މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެލުވަލާވާ ތަންފީޒު ކުރައްވަމުން ގެންދެވި ޚާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
03 Sep 2023
އިޚްލާސްތެރިނަމަ ވިލިމާލޭގެ ޢިމާރާތްތައް އުސްކުރަން މިހާރުވެސް ހުއްދަދޭނެ!
ސަރުކާރުގެ އިޚްލާސްތެރި ކަމެއް ހުރިނަމަ މިލިމާލޭގެ ޢިމަރާތްތައް މާލެގެ ޢިމާރާތްތަކާއި އެއްވަރަށް އުސްކުރަން މިހާރުވެސް ހުއްދަ ދޭނެ ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
03 Sep 2023
ރައްޔިތުން އަތުން އިތުރު ޓެކުހެއް ނުނަގަން 8 ކެންޑިޑޭޓުން އެއްބަސް!
ސަރުކާރަށް އާމްދަނީ އިތުރުކުރުމަށް މިހާރު ރައްޔިތުން އަތުން ނަގަމުންދާ ޓެކްސްގެ އިތުރުން އިތުރު ޓެކުހެއް ނުނަންގަވާނެކަމަށް މި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވިދާޅުވެއްޖެ އެވެ.
02 Sep 2023
މުޢިއްޒާއި ދެކޮޅަށް ފަތުރަމުންދާ ހަގީގަތާއި ޚިލާފު ވާހަކަތަކެއް!
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ގުޅިގެން ފަތުރަމުން ގެންދާ ހަގީގަތާއި ޚިލާފު ވާހަކަތަކަށް އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ރައްދު ދެއްވައިފިއެވެ.
02 Sep 2023
ބުރިޖުގައި އިތުރު ލޭނެއް އަޅަން ވައުދުވުމުން ސައީދު ފާޑުވިދާޅުވެއްޖެ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެވަނަ ދައުރެއްގައި ސިނަމާލޭ ބްރިޖުގައި އިތުރު ލޭނެއް އަޅުއްވަން ވަޢުދުވެވަޑައިގެންފައި ވާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގަންވަން ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދު ކަމުގައިވާ ތިލަމާލޭ ބްރިޖުގެ މަޝްރޫއު އަށް ވާނުވާވެސް އެނގިވަޑައި ނުގަންނަވާ ކަމަށް، ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
02 Sep 2023
ޑރ. ޖަމީލްގެ ބަހުގެ ހަމަލާއެއް ޢިމްރާން އަށް!
ރާއްޖޭގައި އެންމެ ހުތުރުކޮށް މީސްމީހުންނަށް އެއްޗެހި ކިޔާމީހުންގެ ތެރޭގައި ދީނީ މީހުން ހިމެނިގެން ދިޔުމަކީ، ދީނާ ދުރަށް މީހުން ހިނގައި ދާނެ ސަބަބަކަށް ވެދާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
02 Sep 2023
އިންތިޚާބުގައި މަކަރުހެދުމަކަށް ފުރުސަތެއް ނުދޭނަން!
ސެޕްޓެމްބަރ 9ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މަކަރު ހަދައި ހަމަނުޖެހުން އުފެއްދުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ޙަބީބް ވިދާޅުވެއްޖެއެވެ.