ރިޔާސީ އިންތިޚާބު 2023
31 Aug 2023
އިޖްތިމާޢީ ފްލެޓުތަކުގެ ކުލި ރައްޔިތުންނަށް މާފުކޮށް ދޭނަން
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށްދެއްވާނެ ކަމަށް އެމަނިކުފާނަު ވިދާޅުވެއްޖެއެވެ..
31 Aug 2023
މުއިއްޒުގެ ސަރުކާރެއްގައި ރޯދަ މަހުގެ ފަހު 10 ބަންދު
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރައްވައި ދަށް ގްރޭޑް ތަކުގެ ކިޔެވުންވެސް ބަންދު ކުރައްވާނެ ކަމަށް އެމަނިކުފާނަު ވިދާޅުވެއްޖެއެވެ.
30 Aug 2023
"ވޯޓުލާ ދުވަހު މުޅި ޤައުމު ހަލަބޮލިކުރުމަށް އެމްޑީޕީން ދަނީ ރާވަމުން"
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަހު މުޅި ހަމަނުޖެހުން ހިންގާ މުޅި ޤައުމު ހަލަބޮލިކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ރާވަމުންދާކަމުގެ މައުލޫމާތު ލިބޭކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ ތަރުޖަމާނު މުޙައްމަދު ޠަލާލު ވިދާޅުވެއްޖެ އެވެ.
30 Aug 2023
"އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ"
ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން އިސް ނަގައިގެން ބަލެމަށްފަހު ހުއްޓުވަން ޖެހޭކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑޮޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ޠަލާލު ވިދާޅުވެއްޖެ އެވެ.
30 Aug 2023
ރައީސް ޞާލިޙަށް ތާއީދު ހޯދުމަށް ބާއްވާ ސައިކަލު ބުރު މާދަމާ
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް މާދަމާ ސައިކަލު ބުރެއް އޮންނާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
30 Aug 2023
ރިޔާސީ އިންތިޚާބުގެ ސެކިޔުރިޓީ ބަލަހައްޓާ ފުލުހުން ރަށްރަށަށް
ސެޕްޓެމްބަރ 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން އަތޮޅުތެރޭގެ ރަށްރަށަށް ފުރައިފިކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެފިއެވެ.
30 Aug 2023
ނައިފަރުގައި ޓާޝިއަރީ ހޮސްޕިޓަލެއް އަޅާނަން: ގާސިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ގެ ވެރިކަމެއްގައި ޅ. ނައިފަރުގައި ޓާޝިއަރީ ހޮސްޕިޓަލެއް އަޅައި، ބޭސްވެރިކަމުގެ ރަންޒަމާން އެ ރަށަށް އަލުން އަނބުރައި ގެނެސްދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
30 Aug 2023
"ރައީސް ރަށަށް ވަޑައިގަންނަވާއިރު، މީހުން ގެންދާކަށް ނުޖެހޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ރިޔާސީ ކެންޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެހެން ރަށް ރަށުން މީހުން ގެނެސް، އެ ވަޑައިގަންނަވާ ރަށަށް ޖަމާކުރަން ނުޖެހޭ ކަމަށް އެމަނިކުފާނުގެ ކެންޕެއިން ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.