ރިޔާސީ އިންތިޚާބު 2023
29 Aug 2023
ރައީސް ޞާލިހު މިވީ "ފިލި އިބޫ"އަށް: ޝިޔާމް
2018 ގެ ރިޔާސީ ބަހުސަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ފިއްލެވީކަމަށަށާއި މި އަހަރުގެ ބަހުސަށްވެސް ފިއްލެވީކަމަށާއި އެހެންކަމުން ރައީސް މި ވެވަޑައިގަތީ ފިލި އިބޫއަށް ކަމުގައި ވިދާޅުވެ، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދް ޝިޔާމް ރައީސް ޞާލިހަށް ފާޑުވިދާޅުވެއްޖެއެވެ.
29 Aug 2023
ބަހުސް ބޭއްވުމަކީ ޕީއެސްއެމްގެ ޒިންމާއެއް: ފާރިސް
ދަޢުލަތުގެ މީޑިއާ(ޕީއެސްއެމް) އާއި ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ގުޅިގެން ކޮންމެ ރިޔާސީ ދައުރަކާއި ދިމާކޮށް ކެންޑިޑޭޓުންގެ މެދުގައި ބާއްވަމުން އަންނަ ރިޔާސީ ބަހުސްގައި އެންމެ ކެންޑިޑޭޓެއް ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެ ބަހުސް ބޭއްްވުމަކީ ޕީއެސްއެމް ގެ ޒިންމާއެއް ކަމަށް، ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ބައިވެރިވަޑައިގަންނަވާ، ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
29 Aug 2023
ހަމަނުޖެހުން ހިންގާނެކަމަށް ރައީސް ދެއްވީ އިންޒާރު!
ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ ޤައުމު ހަމަނުޖެހުމަކަށް ހިނގައިދާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން އެއީ ހަމަނުޖެހުން ހިންގާނެ ކަމަށް ރައީސް ރައްޔިތުންނަށް ދެއްވި އިންޒާރެއް ކަމަށްބުނެ ޑިމޮކްރެޓްސްގެ އިންތިޚާބީ ތަރުޖަމާނު އިމްތިޔާޒް ފަހުމީ އެކަން ކުށްވެރިކުރައްވައިފިއެވެ.
29 Aug 2023
މުއިއްޒުގެ ވެރިކަމެއްގައި މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރ މީދޫގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފިއެވެ.
29 Aug 2023
އަޅުގަނޑުގެ ސަރުކާރު ވާނީ ރައްޔިތުންގެ އަޑު އަހާ ސަރުކާރަކަށް: ޑރ މުއިއްޒު
ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރެއް ވަނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ސަރުކާރެއް ކަމުގައިކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
29 Aug 2023
ޕީއެސްއެމްގެ ރިޔާސީ ބަހުސް ކެންސަލް ކޮށްފި!
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ކެނޑިޑޭޓުންގެ "ރިޔާސީ ބަހުސް" ކެންސަލް ކޮށްފިއެވެ.
29 Aug 2023
"ރައީސް ޞާލިހު ވެރިކަމަށް ގެނައީ އެ ނޫން ގޮތެއް ނެތީމާ"
2018 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ގެންނަން ގުޅިފައިވާ ކޯލިޝަނުން ނިންމީ އެ ނޫން އެހެން ގޮތެއް އޭރު ނެތުމުން ކަމަށާ، އެއީ އެމަނިކުފާނަކީ އެކަމަށް އެންމެ ގާބިލު މީހާއަށް ވީމާ ނިންމި ނިންމުމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ
29 Aug 2023
ރައްޔިތުންނަށް ޚިދްމަތް ދިނުމުގައި ހުރި ތަފާތުތައް ނައްތާލަންޖެހޭ!
ދިވެހި ދައުލަތް މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގައި މިނިވަން ކަމާއި ހަމަހަމަކަމާއި އެކު އުޅެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
29 Aug 2023
މަޑުއްވަރީ ރައްޔިތުންނަށް މުއިއްޒު ދެއްވީ ބަނދަރާއި ގޮދޮރުގެ ޔަގީންކަން!
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި މަޑުއްވަރީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދީ މިހާރު ރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ޙައްލުކޮށްދެއްވާނެ ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
29 Aug 2023
"އައްޑޫ ސެންޓަރު ހަދާފައިހުރީ މިލިޓަރީ ބޭސްއަކަށް ބަދަލުކުރެވޭ ގޮތަށް"
އިންޑިއާ ސަރުކާރުގެ އެހީގައި، އައްޑޫގައި ހެދި ޓްރެއިނިންގ ސެންޓަރު ހަދާފައި ވަނީ، އެމެޖެންސީ ހާލަތެއްގައި އެ ގައުމުގެ މިލިޓަރީ ބޭސް އެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ކަމަށާ، އެވާހަކަ ދެންނެވީ ޚުދު އެމްޑީޕީ ބައެއް މެންބަރުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ޢަލީ ހުސައިން އިލްތިމާސް ކުރައްވައިފި އެވެ.