ރިޔާސީ އިންތިޚާބު 2023
27 Aug 2023
"ގެއްލުނު ކަނޑުގެ ސަރަހައްދުގައި މައުދަންތައް ހުރިކަން އެނގޭ އެބަ"
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު، 45,000 އަކަ ކިލޯމީޓަރު ސަރަހައްދުގައި އެކި ފާޑުގެ މައުދަންތައް ހުރިކަން ސައިންޓިފިކް ރިސާޗުތަކުން އެނގެން ހުރި ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
27 Aug 2023
ވިލިފުއްޓަށް ވަޢުދު ވީވެސް އަޅުގަނޑުމެން ވަޢުދު ފުއްދާނީވެސް އަޅުގަނޑުމެން!
ތ ވިލިފުށީގައި ހޮސްޕިޓަލަކާއި އެއަރޕޯޓެއް އަޅަން ވަޢުދުވީ އެމްޑީޕީ އިން ކަމަށާއި، އެވަޢުދު ފުއްދާނީވެސް އެމްޑީޕީ ސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
27 Aug 2023
"އިސްލާމީ ގައުމުތައް ކައިގެން ތިބިއްޔާ ދިވެހިން ތިބޭނީ ކައިގެން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއް ވެގެންދާނީ އަރަބި އިސްލާމީ ގައުމުތަކާއި ގާތް ގުޅުމެއް ގާއިމުކޮށް، އެ ގައުމުތަކުގެ އެހީތެރިކަން އިންތިހާއަށް ރާއްޖެއަށް ލިބިގެންދާނެ ވެރިކަމަކަމަށް ކަމަށް ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމު އަސީ ސައީދު ވިދާޅުވެއްޖެ އެވެ.
27 Aug 2023
ގަމުގެ އިހްތިޞާސް ގައްދޫއަށް ބަދަލުކުރާނަން: މުޢިއްޒު
ގަމުގެ އިހްތިޞާސް ގދ ގައްދޫއަށް ބަދަލުކޮށް، އެ ރަށަކީ ގދ އަތޮޅަށް ނަފާވާނެ ވަރުގެ އިޤްތިޞާދަކަށް ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑޮޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
27 Aug 2023
"ގައްދޫ ހޮސްޕިޓަލުގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނަން"
ގދ ގައްދޫ ރައްޔިތުން ދެކެމުން އަންނަ ޒަމާނީ ހޮސްޕިޓަލުގެ ހުވަފެން ހަގީގަތަކަށް ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
27 Aug 2023
ޕީއެސްއެމާއި އެމްއެންޔޫގެ ފްލެޓްތައް އަނބުރައި ހޯދައިދޭނަން
މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވެވަޑައިގެން ވެރިކަމަށް އާދެވިއްޖެނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިޔާ މަޝްރޫގެ ތެރޭގައި ހިމެނި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފުންނާއި ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް ދޭން ނިންމާފައިވާ ފްލެޓްތައް އަނބުރާ ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
27 Aug 2023
ޑރ މައުޞޫމް އެމްޑީޕީ އަށް ސޮއިކުރައްވައިފި
މި ސަރުކާރުގެ ޓުވަރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ ޢަބްދުﷲ މައުޞޫމް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
27 Aug 2023
ބައިތުލްމާލުގެވެސް ލޯލާރިއެއްގައި ޖެހިފައި ނޯންނާނޭ: ގާސިމް
އެމްއެމްއޭގެ ގަވަރުނަކަމާއި ގައުމީ ބައިތުލް މާލުގެ ތަޅުދަނޑި އޮތް ދުވަސްވަރެއްވެސް ދިޔަކަމަށާއި، އޭގެން ލޯލާރިއެއްގައިވެސް ޖެހިފައި ނޯންނާނެކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.