ރިޔާސީ އިންތިޚާބު 2023
25 Aug 2023
"އަދުލުގެ ނިޒާމު ހަރުދަނާކޮށް ކަފާލާތުގެ ފުރިހަމަ ގާނޫނެއް އެކުލަވާލާނަން"
އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ޤާނޫނަކާއި، ނުހައްގުން ޖަލުގައި ބަންދުކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭނެ ގާނޫނެއް އެކުލަވާލާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
25 Aug 2023
"ވެލިދޫގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް އަޅާނަން"
މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ކުރާނެ މަސައްކަތްތަކުގެ ތެރެއިން ނ ވެލިދޫގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް އަޅުއްވާނެކަމަށް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
25 Aug 2023
"ސިޔާމު ހުރީ އަޅުގަނޑާއެކު، ވޯޓުދޭނީ ވެސް އަޅުގަނޑަށް"
އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި، ރިޔާސީ އިންތިޚާބުގައި ސިޔާމު ވޯޓުދެއްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
24 Aug 2023
މުއިއްޒުއަކީ ވަރަށް ރަނގަޅު ދަރިއެއް، ވައުދުތައް ފުއްދައިދޭނެ: މަންމާފުޅު
މުއިއްޒުއަކީ ވަރަށް ރަނގަޅު ހެޔޮލަފާ ދަރިއެއްކަމަށާއި ކެމްޕެއިންގައި ވެވަޑައިގަންނަމުންދާ ހުރިހާ ވައުދުތަކެއްވެސް ފުއްދައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމުގައި ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒުގެ މަންމާފުޅު ހުސްނާ އާދަމް އިސްމާޢިލް މަނިކް ވިދާޅުވެއްޖެއެވެ.
24 Aug 2023
"ރައީސް ޞާލިހު ބަލި ގަބޫލުކޮށްފި، ރަނގަޅުވާނީ ނަން އަނބުރާ ގެންދިއުން"
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިކުމެ ވަޑައިގެން ހުންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބަލި ޤަބޫލުކުރައްވައިފި ކަމަށާއި، ދެން އެންމެ ރަނގަޅުވާނީ އިންތިޚާބުން ނަންފުޅު އަނބުރާ ނެންެވުންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
24 Aug 2023
މުޅި ރާއްޖެއަށްވެސް މިވީ އަމީނީ މަގަށް ވީވަރު: މުއިއްޒު
މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ނުނިމި ދިގުލައިގެން ގޮސް މުޅި ރާއްޖެއަށް ވެސް މިހާރު ވެފައި އޮތީ އަމީނީ މަގަށް ވީ ގޮތް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ މަޝްރޫއުތަކަށް ކުރިއަށްދާ ދުވެއްޔާމެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
24 Aug 2023
"5 އަހަރުން ހޮޅުދޫގައި ފެން އަޅާ ނުދެވުނީމަ ހައިރާނެއް ނުވޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް 5 އަހަރު ދުވަހުގެ ތެރޭގައި ހޮޅުދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމާނުލެވުނީތީ ހައިރާންވެވަޑައި ނުގަންނަވާ ކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
24 Aug 2023
ވަޑިންނަށް ފަސޭހައިން ލޯނު ލިބޭނެ ނިޒާމެއް ގާއިމްކޮށްދޭނަން
ވަޑިންނަށް ދިމާވެފައިވާ މާލީ ދަތިކަމަށް ހައްލެއް ހޯއްދަވައިދިނުމުގެ ގޮތުން އަންނަ ދައުރުގައި އެފަރާތްތަކަށް ފަސޭހައިން ލޯން ލިބޭނެ ނިޒާމެއް ތަޢާރަފް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.