ރިޔާސީ އިންތިޚާބު 2023
25 Aug 2023
"އިންޑިޔާއާއި ދެކޮޅަށް ފަތުރަނީ ނުރައްކާތެރި ޕްރޮޕެގެންޑާ ތަކެއް"
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ހަނި ވިސްނުން ގެންގުޅޭ ލީޑަރުން ތަކެއް، އަވަށްޓެރި އިންޑިޔާއާއި ގުޅިގެން ނުރައްކާތެރި ޕްރޮޕެގެންޑާ ތަކެއް ފަތުރަމުންދާ ކަމަށާ، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.
25 Aug 2023
"3 ބާރުން އެއްބާރު އޮތީ ހުއްޓިފައި, އަނެއް ބާރު އޮތީ މުށުތެރޭ"
ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް އޮތީ ހުއްޓުމަށަ އައިސްފައި ކަމަށާ، އަދި އަނެއް ބާރު ކަމުގައިވާ ޝަރުޢީ ނިޒާމް އޮތީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންގމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
25 Aug 2023
ޑރ. ޝަހީމްގެ ތާއީދުވެސް ޑރ. މުޢިއްޒަށް!
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވާކަން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު އިއުލާނުކުރައްވައިފިއެވެ.
25 Aug 2023
އީސީ އޮފީސް ސަރަހައްދު ކެމްޕޭން ބެނާ ނުދަމަން އަންގައިފި
ދަރުބާރުގެއާއި އިލެކްޝަންސް ކޮމިޝަން ސަރަހައްދުގައި ރިޔާސީ އިންތިހާބާ ގުޅޭ ކެމްޕޭން ބެނާ ނުދަމަން އިލެކްޝަންސް ކޮމިޝަން (އީސީ)ން އަންގައިފިއެވެ.
25 Aug 2023
އަނާރާގެ ތާއީދު ޑރ މުޢިއްޒަށް!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ރައްޔިތުންގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަނާރާ ނަޢީމް ނިންމަވައިފިއެވެ.
25 Aug 2023
މިފަހަރު ރައީސް ސާލިހް ހޮވިވަޑައިނުގަންނަވާނެ؛ ޔަގީން!
ރިޔާސީ އިންތިޚާބުން މިފަހަރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ( ދެވަނަ ދައުރަކަށް ) ނުހޮވެނެކަމަށް ރާއްޖޭގައި މިހާރު ހުންނެވި އެކްޓިވްކޮށް އެންމެ ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
25 Aug 2023
އެމްޑީޕީ މެނިފެސްޓޯ: ރާއްޖެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް!
ބައިނަލްއަގްވާމީ މާލީ ބާޒާރުގައި އިސްލާމިކް ފައިނޭންސަށް އޮތް ޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސަރަހައްދީ ފެންވަރުގައި ވާދަކުރެވޭ ފެންވަރަށް ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވައި، އިސްލާމިކް ފިނޭންސިންގ ހަބަކަށް ރާއްޖެ ހެދުމަށް ގިނަ ކަންތައްތަކެއް ހިމަނައި އެމްޑީޕީ މެނިފެސްޓޯގެ ފަހު ބައި ނެރެފިއެވެ.
25 Aug 2023
ބިދޭސީން އުޅޭ ގިނަ ވަޒީފާތައް ދިވެހިންނަށް ހާއްސަކުރާނަން
މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެ ވެރިކަމަށް ވަޑައިގަނެވިއްޖެނަމަ ބިދޭސީ މަސައްކަތްތެރިންގެ މިހާރު މަސައްކަތްކުރަމުންދާ ގިނަ ވަޒީފާތަކަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ވަޒީފާތަކަށް ކަމުގައި ހައްދަވައި ދެއްވާނެ ކަމުގައި، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.