ރިޔާސީ އިންތިޚާބު 2023
26 Aug 2023
"އެކޮމޮޑޭޝަން ބްލޮކާއެކު، ފުވައްމުލައް ތައުލީމީ ހަބަކަށް ހަދާނަން"
ފުވައްމުލަކު ސިޓީ "ތައުލީމީ ހަބެއް" ގެ ގޮތުގައި ތަރައްގީ ކުރާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
26 Aug 2023
"ފުވައްމުލަކުގައި ޒަމާނީ ބޮޑު ބަނދަރެއް ހަދާނަން"
ވެރިކަން ލިބިވަޑައިގެންފި ނަމަ ފުވައްމުލަކު ސިޓީގައި ޒަމާނީ ފެންވަރުގެ ބޮޑު ބަނދަރެއް ތަރައްގީކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
26 Aug 2023
"މިދިޔަ 5 އަހަރު ރައީސަކީ ކާކުކަން އޮޅޭ ހިސާބަށް ދިޔަ"
މި ދިޔަ 5 އަހަރު ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުކަން އޮޅޭ ހިސާބަށް ކަންކަން ބޮއްސުންލައިގެން ދިޔަކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
26 Aug 2023
ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު މުއިއްޒުއަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް!
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިދިކޮޅު ޕީޕީއެމު/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއާއީ ކެމްޕެއިން ޓީމަށް ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ނިކުމެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
26 Aug 2023
މުއިއްޒަކީ ކަންކަން ވާ ބޭފުޅެއްކަން ވަނީ ސާބިތުކޮށްދެއްވާފައި!
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ އެބޭފުޅާގެ މަސައްކަތު ދާއިރާގައި ކަންކަން ވާ ބޭފުޅެއްކަން ސާބިތުކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ
26 Aug 2023
ޓެކްސީ ޑްރައިވަރުންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދޭނަން!
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ ވެރިކަމެއްގައި، ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރުގައި ހިމެނޭ ޑްރައިވަރުންނަށް ވަކި އިންސައްތައެއް ކަނޑައަޅައި ސޯޝަލް ހައުސިންގައި ފްލެޓް ލިބޭ ފަރާތްތަކުގައި ހިމަނުއްވާނެ ކަން އިއުލާން ކުރައްވައިފިއެވެ.
26 Aug 2023
ސަރުކާރުތަކުން ފެންނަނީ ދަށު ދަރަޖައިގެ ޢަމަލުތައް: ގާސިމް
2008 ވަނަ އަހަރުން ފެށިގެން މިވީ 15 އަހަރުގެ ތެރޭގައި، ޖުމްހޫރީ ޕާޓީގެ އެހީތެރި ކަމާއި އެކު އައި ހުރިހާ ސަރުކާރެއްގެ ފަރާތުންވެސް ފެންނަމުންދަނީ ހަޑި ހުތުރު ޢަމަލުތައް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
26 Aug 2023
"ފުރަތަމަ ބުރު ނާކާމިޔާބުވެއްޖެނަމަ، އެހެން ކެންޑިޑޭޓެއްގެ ފަހަތަށް ނާރާނެ"
މިއަހަރުގެ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސް، އެ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވާދަ ނުކުރާނަމަ، ދެވަނަ ބުރުގައި ވާދަކުރާ އެހެން ކެންޑިޑޭޓެއް ވެރިކަމަށް ގެނައުމަށް އެ ޕާޓީން މަސައްކަތް ނުކުރާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.