ރިޔާސީ އިންތިޚާބު 2023
24 Aug 2023
އޮޅުވާލައިގެން ވެރިކަމަށް އައިއްސަ ދެވަނަ ދައުރު ދޭށޭ ނުކިޔާ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އޮޅުވާލައިގެން ވާހަކަތައް ދައްކަވައިގެން ކަމަށް މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެއް ކަމުގައިވާ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
24 Aug 2023
މުއިއްޒުގެ ވެރިކަމެއްގައި މަސްވެރިކަން ޕްރޮމޯޓް ކުރާ އެޖެންސީއެއް
ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި މަސްވެރިކަމާއި މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކުރުމާއި ޕްރޮމޯޓް ކުރުމަށް ހާއްސަ އެޖެންސީއެއް ގާއިމްކޮށްދޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
24 Aug 2023
"ރައީސް ހުންނެވީ ވާނުވާގައި، ޤައުމު ހަވާލުކުރަން ހެޔޮނުވާނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހުންނަވަނީ ވާނުވާގައި ކަމަށާއި، އެމަނިކުފާނު އެ ހާލުގައި ހުންނަވަނިކޮށް ގައުމުގެ ހިންގުން ހަވާލުކުރަން ހެޔޮނުވާނެކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
24 Aug 2023
"ކެނދިކުޅުދޫ ބަނދަރު ހަދައިދީ "އިކޯ ޓުއަރިޒަމް" ތައާރަފް ކުރާނަން"
ކެނދިކުޅުދޫގެ ބަނދަރު ހަދައިދީ އެ ރަށަކީ "އެކޯ ޓުއަރިޒަމް" ގެ މަންޒިލަކަށް ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮނގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
24 Aug 2023
ތަހުގީގާއި ޝަރީއަތުގެ މަރުހަލާތަކަށް މުއްދަތެއް ކަނޑައަޅާނަން"
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ، މައްސަލަތައް ތަހުގީގު ކުރުމަށާ، ޝަރީޢަތުގެ މަރުހަލާ ތަކަށް ވަކި މުއްދަތެއް ކަނޑައަޅުއްވާނެ ކަމަށާ، މީހުން ވާނުވާ ނޭނގޭހާލު ޖަލުގައި ބަންދު ކޮށްފައި ނުބައިތިއްްބާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
24 Aug 2023
ރިޔާސީ ބަހުސް ގެ ދައުވަތު މުއިއްޒު ގަބޫލުކޮށްފި
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ދިވެހިރާއްޖޭގެ ޤައުމި ޔުނިވަސިޓީއާއި ގުޅިގެން ބާއްވަމުން އަންނަ ރިޔާސީ ބަހުސްގެ މި އަހަރުގެ ބަހުސަށް ފޮނުވުނު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގަބޫލުކޮށްފިއެވެ.
24 Aug 2023
ދުނިޔެއާއި އެކަހެރިވެގެން މިއަދު ކުރިއެރުމެއް ނެތް!
ދުނިޔޭގެ ޤައުމުތަކާއި އެކަހެރިވެގެން މިއަދަކު ކުރިއެރުމެއް ނުލިބޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
24 Aug 2023
ރައީސްގެ ގިނަ މަޝްރޫޢުތައްް ހުރީ "އަންނަނީ އަންނަނީ" ގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ފަސް އަހަރު ހަމަވާއިރު ގިނަ މަޝްރޫޢުތައްް ހުރީ "ނުނިމޭ ، ނުނިމޭ، މަރުހަލާގައި ކަމަށަށާއި ދެން ހުރި ގިނަ މަޝްރޫޢުތައްް ހުރީ"އަންނަނީ އަންނަނީ" ގައި ކަމުގައި ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެެއްޖެއެވެ.