ރިޔާސީ އިންތިޚާބު 2023
23 Aug 2023
"ނުބައި ކެންޑިޑޭޓަށް ލާ ވޯޓުގެ ޒިންމާ އެ ރައްޔިތަކު އުފުލަން ޖެހޭނެ"
ވެރިކަމަށް ކުފޫހަމަނުވާ މީހަކަށް ލާ ވޯޓުގެ ޒިންމާ އެ ރައްޔިތަކު އުފުލަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ކެންދީ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
23 Aug 2023
މިނިސްޓަރު ކަމުން އައިޝާ ވަކި ކުރިއަސް ފަރުވާލެއް ނެތް
ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި ގާސިމް އިބްރާހިމް ގެ އަނބި ކަނބަލުން ޢާއިޝަތު ނަހުލާ އެ މަގާމުން ވަކި ކުރެއްވިޔަސް ނުކުރެއްވިޔަސް އެމަނިކުފާނުގެ ފަރުވާލެއް ނެތް ކަމަށާއި ޔާގިންވާކަމަކީ ޤާނުނާއި ގަވާއިދާއި ހިލާފު ކަމެއް ކުރަން އެންގި ކަމުގައި ވިޔަސް އެކަމަނާ އެފަދަ ކަމެއް ނުކުރައްވާނެ ކަން ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވެއްޖެއެވެ.
23 Aug 2023
އަލީ ވަހީދު ރައީސް ޞާލިހަށް: މިސްރާބު ބަދަލުކުރައްވާ! ތިޔަ ދަނީ ފަރަށްއަރަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ މިސްރާބު މިހާރު ހުރި ދިމާ ބަދަލުކުރުމަށާއި، މިހާރު ހުރި މިސްރާބުން އަރާނީ ފާރަށް ކަމުގައި ވިދާޅުވެ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު އަނެއްކާވެސް ފާޑުވިދާޅުވެއްޖެއެވެ.
23 Aug 2023
ކުރިއަށް މިދިޔައީ ވާދަވެރިންނަށް ޚިޔާލު ފާޅުކުރަން ފުރުސަތުދީގެން!
ވެރިކަމުގައި ކުރިއަށް މިދިޔައީ ވާދަވެރިންނަށް ފުރުސަތު ދީގެން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
23 Aug 2023
ގާސިމް ހަޔާތްޕުޅު ކުރިއަށް ދިޔަގޮތް ކިޔައިދެއްވައިފި!
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ގާސިމް އިބްރާހީމް ތުއްތުއިރު މަންމާފުޅު ނިޔާވެ، ލޯފަން ބައްޕާފުޅާއެކު ހަޔާތް ވޭތުވެގެންދިޔަ ގޮތް ވަރަށް އަސަރާއި އެކު ކިޔައިދެއްވައިފިއެވެ.
23 Aug 2023
ހެޔޮވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ އަޑު އަހައިގެން: ރައީސް ޞާލިޙް
ހެޔޮވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންގެ މުހުތާދު ތައް ފުއްދައިދީގެން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
23 Aug 2023
ކަނޑިތީމު ކައިރީ ރިސޯޓެއް ތަރައްގީ ކުރާނަން: ޑރ. މުއިއްޒު
ށ ކަނޑިތީމު ކައިރީގައި އެއާޕޯޓެއް އަޅައި، އެރަށު ބޮޑެތި މަގުހެދުން ހިމެނޭހެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކަނޑިތީމަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވައިފިއެވެ.
23 Aug 2023
ޢަރަބިއްޔާއަށް ޖާގަ ތަނަވަސް އިމާރާތެއް މާލޭގައި އަޅައިދޭނަން
މިސަރުކާރުން އަރަބިއްޔާ ސްކޫލާއި ބެލެނިވެރިންނަށް ދިނީ ދޯކާ ކަމަށާއި ދާއިމީ ހައްލެއްނެތި މިސަރުކާރުގެ މިފަސް އަހަރުގައި މަގުމަތި ވެފައިވާ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނެވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދީ މާލޭގައި ޖާގަ ތަނަވަސް ބޮޑު އިމާރާތެއް އަޅައި ދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
23 Aug 2023
ކުޑަރިކިލަށް ރައީސް ޞާލިޙުގެ ގިނަ ވަޢުދުތަކެއް
ވެވަޑައިގަންނަވަމުން އަންނަ ވަޢުދު ތަކަކީ ހަމަ ހުންނަވާފައިވާ ވަޢުދު ތަކެއް ނޫން ކަމަށް ވިދާޅުވެ ބ.ކުޑަރިކިލަށް ތަރައްޤީގެ ގިނަ ވަޢުދުތަކެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފިއެވެ.
23 Aug 2023
ފޭދޫ ރަށްގިރުމުގެ މައްސަލަ ހައްލުކޮށް ދޭނަން: ޑރ މުއިއްޒު
މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެ ވެރިކަމަށް ވަޑައިގަނެވިއްޖެ ނަމަ، ށ ފޭދުއަށް ދިމާވެފައިވާ ކުނި މެނޭޖް ކުރުމުގެ މައްސަލައާއި އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ދެ މައްސަލައަކީވެސް އަސާސީ ކަމެއްގެ ގޮތުގައި ބަލައިގެން ހައްލުކޮށްދެއްވާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.