24 Aug 2023
މުއިއްޒުގެ ވެރިކަމެއްގައި މުޅި ރާއްޖޭގައި އިސްރަށްވެހިންގެ މަރުކަޒުތައް
އިސްރަށްވެހިންނަކީ މި ޤައުމު މިހާ ހިސާބަށް ގެނެސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެެއްވި ފަރާތްތައް ކަމަށާއި ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސް ރަށްވެހިންގެ މަރުޒަކުތައް ގާއުމުކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
24 Aug 2023
ސަރުކާރު ދެމިއޮތީ ކޮލިޝަނާއި މަޝްވަރާ ކޮށްގެން ކުރިއަށްދާތީ!
ސަރުކާރު މިގޮތުގައި ދެމި އޮވެ ވަޢުދުތައް ފުއްދައިދެމުން މިދެވެނީ ކޯލިޝަންގައި މަޝްވަރާ ކޮށްގެން ކުރިއަށްދާތީ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
24 Aug 2023
ވެރިކަމެއް ނިމޭއިރު ފެންނާނެ ހުރިހާ މަންޒަރެއް އެބަ ފެނޭ
ވެރިކަމެއް ނިމުމަކަށް ދާއިރު އެ ވެރިކަމަކުން ފެންނާނެ އެންމެހައި ކަންކަމެއް މި ވެރިކަމުން ފެންނަމުން އެބަ ދާކަމުގައި ޕީޕީއެމްގެ ނައިބް ރައީސް، އަދި ނައިފަރު ދާއިރާގެ މަޖިލީސް މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
24 Aug 2023
ޕާކިންގ ސްޓިކާ ޖޫރިމަނާތައް މައާފު ކޮށްދޭނަން: ޑރ މުއިއްޒު
މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެވަޑައިގެން ވެރިކަމަށް އާދެވިއްޖެ ނަމަ ޕާކިންގ ސްޓިކަރ ތަކުގެ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދެއްވާނެ ކަމަށާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
24 Aug 2023
ރައްޔިތުން ސްޕްރީމް ކޯޓަަށް ކުރާ އިތުބާރު މިހާރު ބޮޑުވެއްޖެ!
މި ސަރުކާރުން ޝަރުޢީ ދާއިރާއަށް ގެނެވުނު ބަދަލާއި އެކު ސްޕްރީމް ކޯޓަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެއްޖެ ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ.
24 Aug 2023
"މިއަދު އަޅުގަނޑަކީ ކާޅެއް، ނޫނީ ބާޒެއް، ކޮށްދެވުނު ކަމެއް ނެތް"
މި ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީން ހަޑި ހުތުރު ވަނަންތަކުން މުޚާތަބުކުރަމުންދާ ކަމަށާއި، މިހާރު ގައުމާއި އެ ޕާޓީތަކުގެ ހައްގުގައި ކޮށްދެވުނު އެއްވެސް ކަމެއް ނެތްފަދަ މޭރުމަކުން އަބުރު ކަތިލަމުންދާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ޑރ މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
24 Aug 2023
އެމްޑީޕީގެ ޚާއްސަ ކެމްޕޭނު އިވެންޓެއް މިރޭ
އެމްޑީޕީގެ ވަރަށް ޚާއްސަ ކެމްޕޭނު އިވެންޓެއް މާދަމާރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް އެޕާޓީއިން ބުނެފިއެވެ.
24 Aug 2023
"ވެރިކަން ހޯދައިދިނީމާ ޕީޕީއެމާއި އެމްޑީޕީގެ ވެރިން ވެސް ހެދީ ގޯސް"
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ދެފަހަރު އަދި، މިހާރު ވާދަވެރި ސިޔާސީ އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމަށް އެއްފަހަރު ވެރިކަން ހޯދައިދިނުމުން ދެ ޕާޓީގެ އިސްވެރިން ވެސް ހެދީ ގޯސްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.