ރިޔާސީ އިންތިޚާބު 2023
23 Aug 2023
ކެންޑިޑޭޓްކަން ލިބުމުގެ ކުރިންވެސް ރައީސް ރަށްރަށަށް ދޭ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ރަށްރަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބައްލަވަނީ ރިޔާސީ ކެންޑިޑޭޓްކަން ލިބިލެއްވީމަ ނޫން ކަމަށާއި، އޭގެ ކުރިންވެސް އަބަދުވެސް އެ މަނިކުފާނު ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބައްލަވާ ކަމުގައި ރައީސް ޞާލިޙްގެ އިންތިހާބީ މަންދޫބު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
23 Aug 2023
ފާއިތުވި ފަސް އަހަރު ސިފައިންގެ އޮންނާނީ ވަރަށް ރީތި ރިކޯޑެއް: މާރިޔާ
އުތުރު ތިލަފަޅަށް ދިވެހި ސިފައިންނަން ނެތްކަމަށް ބުނެ ދައްކަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، ރާއްޖެގެ މިނިވަންކަމާއި ގުޅުންހުރި އެފަދަ ބޮޑެތި ކަންކަމުގައި ސަފައިންގެ ބޮލުގައި އެފަދަ ތުހުމަތުއް ނޭޅުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފިއެވެ.
23 Aug 2023
"އިދިކޮޅު ކެންޑިޑޭޓް ދެއްކުމުން އިމްރާންގެ ބުއްދި ފިލައިފި"
ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓް ދެއްކުމުން ހޯމް މިނިސްޓަރ އިމްރާން އަބްދުاللهގެ ބުއްދި ފިލައިފި ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
23 Aug 2023
ޔުމްނާ މައުމޫންގެ ތާއީދު ރައީސް ޞާލިޙަށް
މިސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ކަން ކުރައްވަމުން ގެންދަވާ ޔުމްނާ މައުމޫން ކުރިއަށް އޮތް އިންތިޚާބުގައިވެސް މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
23 Aug 2023
"ސަރުކާރުގެ ކަންކަން އެންމެ ގިނައިން ހާމަކުރީ މިސަރުކާރުން"
މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި ސަރުކާރު ތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނައިން ޖަވާބުދާރީވެ، ސަރުކާރުގެ މައުލޫމާތު ތައް އެންމެ ގިނައިން ހާމަކުރީ އަދުގެ ސަރުކާރުން ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
22 Aug 2023
ވެރިކަމުގެ ފުރަތަމަ އަހަރުގައި ޝަންގްރިއްލާ ހުޅުވައިދޭނަން
މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ވެރިކަމަށް އާދެވިއްޖެ ނަމަ ވެރިކަމުގެ ފުރަތަމަ އަހަރުގައި ސަންގްރިއްލާ ރިޒޯޓް ހުޅުވައިދޭނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
22 Aug 2023
ތާއީދުކުރި ސަބަބު ސާފުކޮށްދިނަށް އިލްމުވެރިިންގެ ގުޅުމުން އަދާލަތަށް ގޮވާލައިފި
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީއަށް ތާއީދުކުރުމަށް ނިންމި ސަބަބު ސާފުކޮށްދިނުމަށް އަދާލަތު ޕާޓީން ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރީން ނިސްބަތްވާ އިލްމުވެރީންގެ ގުޅުމުން އަދާލާތު ޕާޓީގައި އެދިއްޖެއެވެ.
22 Aug 2023
އަޅުގަނޑު އެދެނީ ދިވެހިން ފުދުންތެރިވެ ކުރިއަރައިދިއުން!
ހުރިހާ ދިވެހިންނަކީވެސް ޤާސިމް ފަދައިން ފުދުންތެރި ބަޔަކަށް ވުމަކީ ދެކެން ބޭނުންވާ ގޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
22 Aug 2023
އިންޑިޔާއިން ނަގަމުންދާ ދަރަނިތަކާ ގުޅިގެން ނަޝީދުވެސް ހުންނެވީ ހަނު: އަލީ ވަހީދު
ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އިންޑިއާ މެދުވެރިވެރިކޮށް ނަގަމުންދާ ދަރަނިތަކާއި ގުޅިގެން ރައީސް ނަޝީދުވެސް ހުންނެވީ ހަނުކަމަށާއި އެ ވާހަކަތައް ދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަންނަވާކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
22 Aug 2023
"ވެރިކަމުގެ ފުރަތަމަ އަހަރު ޝަންގްރިއްލާ އޮޕްރޭޝަނަށް ގެންނާނަން"
ވެރިކަން ލިބިވަޑައިގެންފި ނަމަ ޚާއްސަ އިސްކަމެއް ދީގެން ވެރިކަމުގެ ފުރަތަމަ އަހަރު އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނެސްދެއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.