21 Aug 2023
"އިން ފަހަނައަޅާ ނުދާހާ ހިނދަކު ހުރިހާ ޤައުމަކާއި ގާތް ގުޅުން ބާއްވާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ތަންފީޒު ކުރާނީ މިނިވަން އަދި ހުރިހާ ޤައުމުތަކެއްގެ މެދުގައި ހަމަހަމަކަން ޤާއިމްކުރާނެ ޚާރިޖީ ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތުގައި ކަނޑައަޅާފައިވާ އިންތައް ފަހަނައަޅާ ނުދާހާ ހިނދަކު ހުރިހާ ގައުމުތަކާއި ގާތް ގުޅުމެއް ބާއްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.