22 Aug 2023
މަޝްރޫޢުތައް ކުރިއަށް ގެންދަނީ ރާއްޖޭގެ ރީތިކަން ނުގެއްލޭހެން!
ރާއްޖޭގައި ހިންގަމުން ދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ކުރިއަށް އޮތްޖީލުތަކަށް ރާއްޖޭގެ ޤުދުރަތީ ރީތިކަން ވާރުތަކުރެވޭނޭހެން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުއްޖެއެވެ.
22 Aug 2023
ޤައުމު ތަރައްޤީ ވާނީ މުޅި ޤައުމު ތަރައްޤީ ކޮށްގެން: ޢިމްރާން
ޤައުމެއް ތަރައްޤީ ވާނީ އެޤައުމެއްގެ މީހުންދިރިއުޅޭ ހުރިހާތަނެއް ތަރައްޤީވެގެން ކަމަށް ދާޚިލީ ވަޒީރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
22 Aug 2023
"ތަރައްޤީގައި ރަށްތައް އިސްފަންވަނީ ކުރީ ސަރުކާރުގެ ސަބަބުން"
މި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ބައެއް ރަށްރައް އިސްފަސްވަނީ ކުރީ ސަރުކާރުން އެފަދަ މަޝްރޫއުތައް ހިންގުމުގައި މާބޮޑަށް އެ ރަށްތައް ބާކީކޮށްފައި ހުރުމުން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙް ވިދާޅުވެއްޖެއެވެ.
22 Aug 2023
ރާއްޖޭގައި ފަޤީރުކަން ނެތި ހިނގައްޖެ: ސިޔާމް
ވަރަށް ގިނަ ރައްޔިތުން، އިބްރާހިމް މުހައްމަދު ޞާލިހްއާއެކު އިންތިހާބު ނިމެންދެން ނުވަތަ ފަސް އަހަރުގެ ދައުރެއް ނިމެންދެން އެ މަނިކުފާނުގެ އަރިހުގައި ހުންނަވާނެތޯ ސުވާލު ކުރައްވާ ކަމަށާއި، އެފަރާތްތަކަށް ދޭން އޮތް ޖަވާބަކީ މި ހުންނެވީ ރައީސް ޞާލިޙްގެ ތަރައްގީއާއެކު ކުރިއަށް ދިއުމަށް އަތުކުރި އޮޅާލައިގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް (ސަން ޝިޔާމް) ވިދާޅުވެއްޖެއެވެ
21 Aug 2023
"އައްޑޫ ސިޓީގައި 6000 ޓޫއަރިސްޓު އެނދު ތަރައްގީކުރާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް 6000 ޓުއަރިސްޓު އެނދު ތަރައްގީކުރާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
21 Aug 2023
"ރައްޔިތުން ނިންމަންވީ ބްރިޖު އެޅި މީހުން ތޯ؟ ނޫނީ އަޅަން އުޅެ ނޭޅުނު މީހުން ތޯ؟"
ދެ ސަރުކާރަކުން ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި، ވޯޓުދެއްވާނީ ބްރިޖުގެ މަސައްކަތް ވައުދުވިގޮތަށް ނިންމުނު މީހުންނަށްތޯ ނުވަތަ އެ ވައުދުވެ އެކަން ނުކުރެވުނު މީހުންނަށްތޯ ގޮތް ނިންމަވާއިރު، ރައްޔިތުން އެކަމާއި ވިސްނާވަޑައިގަތުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
21 Aug 2023
ޖެނުއަރީމަހުން ފެށިގެން ގިނަ ދާއިރާތަކެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ރައީސް ވައުދުވެވަޑައިގެންފި
އަންނަ އަހަރަށް ފާސްކުރެވޭ ބަޖެޓާއެކު ޖެނުއަރީމަހުން ފެށިގެން ގިނަ ދާއިރާތަކެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވައުދުވެވަޑައިގެންފިއެވެ.
21 Aug 2023
ސިރާޖުގެ ތާއިދު ޑރ. މުއިއްޒުއަށް
މިއަދު އެމްޑީޕީން ވަކިވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމައިފިއެވެ.