ފުށިދިއްގަރު
21 Dec 2023
ބޭނުމީ އަމާޒަށް ވާސިލުވާން: ފަޒުލް
ސިޔާސީ ގޮތުން ރަސްމާލެ އާއި ބެހޭގޮތުން ދެކެވެމުންދާ ވާހަކައަށް ރައްދު ދެއްވަން ބޭނުންފުޅުނުވާ ކަމަށާއި ބޭނުންފުޅުވަނީ ރަސްމާލެ ތަރައްގީ ކުރުމުގެ އަމާޒަށް ވާސިލުވާން ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
21 Dec 2023
65000 އާބާދީއަކަށް ރަސްމާލެއިން ބޯހިޔާވަހިކަން ލިބޭނެ: ފަޒުލް
ފުށިދިއްގަރުފަޅު ހިއްކާ ރަސްމާލެ ތަރައްގީ ކުރުމުގެ މާސްޓަރ ޕްލޭން ނިމޭއިރު 65000 އާބާދީއަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެ ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
21 Dec 2023
ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ޒިންމާވާނީ އާބަންކޯއިން
ރަސްމާލެ ތަރައްޤީކުރަން ބިން ހިއްކާ މަސައްކަތައް ދައުލަތުގެ ބަޖެޓުން އަދި އާބަންކޯއިން ވެސް އެއްވެސް ހޭދައެއް ކުރަން ނުޖެހޭނެކަމަށާއި، މަޝްރޫޢަކީ ފުރިހަމައަށް އާބަންކޯއިން ޒިންމާ ނަގާ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެއްކަމަށް އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
21 Dec 2023
ރަސްމާލެ މަޝްރޫޢުގެ ސަބަބުން އާބަންކޯގެ ކޭޝްފްލޯއަށް އަސަރެއް ނުކުރާނެ: ފަޒުލް
ރަސްމާލެ މަޝްރޫއަކީ އާބަންކޯގެ އަތުން ފައިސާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެއް ނޫން ކަމަށާއި، އެ މަޝްރޫއުގެ ސަބަބުން އެ ކުންފުނީގެ ކޭޝްފްލޯ އަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް، އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
21 Dec 2023
އަމާޒަކީ ފަސް އަހަރު ތެރޭގައި ރަސްމާލެ އާބާދުކުރުން
ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި އެތަނުގައި ރަސްމާލެ ތަރައްޤީކޮށް އާބާދުކުރުން ކަމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
21 Dec 2023
ރަސްމާލެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް
މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް އީއައިއޭ ވެސް ހަދައިގެން ކަމަށް، އެ މަސައްކަތާ ހަވާލުވެފައިވާ އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
21 Dec 2023
ފުށިދިއްގަރުފަޅު ހިއްކަނީ ޖުމްލަ 70 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޭގޮތަށް
ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލޭއިންނާއި ރަސްމާލެ އިން ޖުމްލަ 70 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދޭގޮތަށް ކަމުގައި އެ މަޝްރޫޢުގެ ބެލެނިވެރި ފަރާތް، އާބަންކޯއިން ބުނެފިއެވެ.
20 Dec 2023
ގެދޮރުވެރިކަމަށް ސަލާންޖެހުމަށް ނިމުމެއް ގެންނާނަން: ރައީސް ޑރ. މުޢިއްޒު
ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް ދާއިމަށް ނިމުމެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.