ހުސައިން ޢަމްރު
08 Aug 2023
'ޚިޔާލު ފާޅުކުރަން ހުރަސް އެޅުމަކީ ދަށު ދަރަޖައިގެ އަމަލެއް"
‏ބަސް ބުނުމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ، ޚާއްސަކޮށް އިންތިޚާބުގެ ދުވަސްވަރު، ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ޑިމޮކްރެޓްސް ގެ ރަނިންމޭޓް، ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
06 Aug 2023
އިލްޔާސްގެ ރަނިންގ މޭޓަކަށް ޢަމްރު ހަމަޖައްސައިފި
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގމޭޓަކަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން ޢަމްރު ހަމަޖައްސައިފިއެވެ.
31 May 2023
"މެނިފެސްޓޯގައި ހުރި ކަންކަން ނުކުރީ ސާފުނުވެގެނެއް ނޫން"
މެނިފެސްޓޯގައި ހުރި ކަންކަން ނުކުރީ ސާފުނުވެގެނެއް ނުވަތަ ރަނގަޅު ނުވެގެނެއް ނޫން ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.
19 May 2023
ވެރިކަމުގަ ގަދަބާރުން ހުރުމަށް ރައްޔިތުން ހާލުގަ ނުޖައްސާ: އަމްރު
ވެރިކަމުގަ ގަދަބާރުން ހުރުމަށް ރައްޔިތުން ހާލުގަ ނުޖައްސުމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ގޮވާލައިފިއެވެ.
17 May 2023
"އެމްޑީޕީއަކީ މިހާރު ސިޔާސީ ޕާޓީއެކޭ ބުނަން ދަތި"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ މިހާރު ސިޔާސީ ޕާޓީއެއްކަމަށް ދަންނަވަން ވެސް ދަތިވާކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ޕާޓީގެ ސިޔާސަތު ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
11 May 2023
"ހުޅުމާލޭގެ ޕްލޭން ބަދަލުކުރުމުން ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތްކަން ސާފުވޭ"
އިންތިހާބަށް ހަތަރު މަހަށް ވެފައިވަނިކޮށް މުޅި ހުޅުމާލޭގެ ރައްޔިތުންނަށް ބޮޑު އާމްދަނީ އެއްހޯދުމަށް ޕްލޭންކޮށްފައޮތް ފުރުސަތު ގެއްލުވާލަން ނިންމާފައިވުމަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދެއް އެވެސް ވަރަކަށް ނެތްކަން ސާފުވާކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
04 May 2023
"އެންމެ ދެރަވަނީ އެމްޑީޕީ ސަރުކާރެއް އޮވެ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީމަ"
ފޯޅަވަހި މައްސަލައިގައި މި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށާއި، އަދި ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭގޮތަށް މި މައްސަލަ ނިމިގެން ދިޔައިރު ވެރިކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮތުމަކީ އިންތިހާއަށް ހިތާމަކުރައްވާ ކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
17 Apr 2023
"މި ދައްކަނީ އެމްޑީޕީގެ މެނިފެސްޓޯ އާއި ޢަމަލާއި ދިމާނުވާ ވާހަކަ"
2018 ވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަންނަވަން އެކުލަވައިލެއްވި މެނިފެސްޓޯ އާއި އެމަނިކުފާނުގެ ޢަމަލުފުޅާއި ދިމާނުވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.