05 Mar 2023
އެލްޖީއޭގެ ދެވަނަ ބެޗް ތަމްރީނަށް އިންޑިއާއަށް ފުރައިފި
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދެވަނަ ބެޗް އިންޑިއާއަށް "ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ" ތަމްރީނަށް ފުރައިފި ކަމަށް އެލްޖީއޭއިން ބުނެފިއެވެ.
28 Feb 2023
އިންޑިއާ މަސްވެރިންނަށް ލަންކާ ކަނޑުން މަސް ބޭނުމުގެ ހުއްދަދެނީ
އިންޑިއާގެ މަސް ބޯޓުތަކަށް ލަންކާގެ ކަނޑުގެ ސަރަހައްދުން މަސް ބާނަން ހުއްދަދޭން ލަންކާ ސަރުކާރުން ހުށަހަޅާފައިވާތީ ލަންކާގެ މަސްވެރިން މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.
23 Feb 2023
އިންޑިޔާގެ އިދިކޮޅު ޕޮލިޓީޝަނެއް އެއަރޕޯޓުން ހައްޔަރުކޮށްފި
އިންޑިޔާގެ އިދިކޮޅު ޕާޓީގެ ސްޕޯކްސްޕާސަން ޕަވަން ކެޑާ ދިއްލީ އެއަރޕޯޓުން، މިލިޓަރީ ފޯސް އާއި އެކު ފުލުހުން ވަދެ ހައްޔަރުކޮށްފިއެވެ.
21 Feb 2023
"މުސްލިމް އަންހެންކުދިން ލޯބީގެ ދަލުގައި ޖައްސާ"
މުސްލިމް އަންހެން ކުދިން ލޯބީގެ ދަލުގައި ޖެއްސުމުން ވަޒީފާ ކަށަވަރިކޮށްދޭނެ ކަމަށް އިންޑިޔާގެ ޕޮލިޓީޝަނެއް ކަމަށްވާ ޕްރަމޯދް މުތަލިކް ހިންދޫ ދީނުގެ ޒުވާނުންނަށް ގޮވާލައިފިއެވެ.
17 Feb 2023
ޠާރިގު ނާޒިމަށް: އިންޑިޔާ ސިފައިން ފައިބަން ގޮވާލަބަލަ
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ބާއްވައިގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ބަހުގެ ހަމަލާތަކެއް އޭނާ އަށް އަމާޒު ކުރައްވައިފިއެވެ.
17 Feb 2023
މޯދީގެ ޑޮކިއުމެންޓްރީ ހެދި ބީބީސީގެ އޮފީސްތައް ރެއިޑްކޮށްފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަނިޔާވެރި ކަމާއި ގުޅޭ ޑޮކިއުމެންޓްރީ ހެދި ބީބީސީގެ އޮފީސްތައް ބަލައި ފާސްކޮށްފިއެވެ.
14 Feb 2023
"އިންޑިއާއިން ހަނިމާދޫއަށް އަންނަން ފެށުމުން ފަތުރުވެރިކަން ކުރި އަރާނެ"
އިންޑިއާގެ މަތިންދާ ބޯޓުތައް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަން ފެށުމުން އެ ސަރަހައްދުގެ ފަތުރުވެރިކަން ބާރަށް ކުރި އަރައިގެން ދާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. މައުސޫމް ވިދާޅުވެއްޖެ އެވެ.
14 Feb 2023
ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލި ކުއްލި މައްސަލަ ބަލައެއްނުގަތް
ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވައިލައި ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.