06 Apr 2023
ޖޭޕީ އާއި އެކު ކޯލިޝަން ހެދުމުގެ ދަޢުވަތު އެމްޓީޑީއަށްވެސް ދީފި
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމުހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރަޓިކް ޕާޓީ (އެމްޓީޑީ) އަށްވެސް ފޮނުވައިފިއެވެ. އެމްޓީޑީއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ރައީސް ކަން ކުރައްވާ ޕާޓީއެވެ.