ރައްޔިތުންގެ މަޖިލިސް
20 Sep 2023
ނިޒާމީ ވޯޓު ނަގަން މުޅި މަޖިލީހުން ފާސްކޮށްފި!
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
20 Sep 2023
ކޯރަމް ހަމަނުވާތީ މިއަދުވެސް މަޖިލިސް ނުފެށިފައި!
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ މަސައްކަތް ވެސް، މެންބަރުން ހަމަނުވުމުގެ ސަބަބުން ކުރިއަށް ނުގެންދެވި، ޖަލްސާ މެދުކަނޑާލައިފިއެވެ.
20 Sep 2023
"މަޖިލީހުން ފާސްކޮށްފި އަންނަމަހު ނިޒާމީ ވޯޓު ނަގަން ފޮނުވާނަން"
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތުން ފާސްކޮށް ތަސްދީގުކުރަން އެ އެމަނިކުފާނަށް ފޮނުވައިފި ނަމަ، އޮކްޓޯބަރުގައި އެ ވޯޓު ނެގުމަށް، އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
19 Sep 2023
އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ބަރުލަމާނީ ގަރާރު ބަލައިގެންފި!
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޑިމޮކްރެޓްސްއިން ހުށަހެޅި ގަރާރު، ވެރިކަންކުރާ އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ
19 Sep 2023
"ބައްދަލުވެއްޖެނަމަ، ޔާމީން މިނިވަންކުރުމާ ގުޅޭ މަސައްކަތް ކުރެވޭނެ"
ވ. އާރަށް މައްސަލާގައި ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމާ ބައްދަލުކުރެވުމުން އެ މަނިކުފާނު މިނިވަންކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
19 Sep 2023
ކޯރަމް ހަމަ ނުވާ މައްސަލާގައި ނަޝީދުގެ ސިޓީއެއް ރައީސަށް!
ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ މެންބަރުން ޖަލްސާއަށް ވަޑައިނުގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެ ޖަލްސާތައް ކުރިއަށް ނުގެންދެވޭ މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ފޮނުއްވައިފި އެވެ.
19 Sep 2023
މައިނޯރިޓީ ލީޑަރުކަން ގެއްލުނަސް ސަރުކާރު ޖަވާބުދާރީ ކުރާނަން!
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ގެެއްލުނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
19 Sep 2023
ޤައުމުގެ ވާހަަކަ ދައްކަވަން މަޖިލިހަށް ވަޑައިގަންނަވާ!
ޤައުމުގެ ވާހަކަ ދައްކަވަން މަޖިލީހަށް ވަޑައިގަތުމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމަށް ދަންނަވައިފިއެވެ.