ރައްޔިތުންގެ މަޖިލިސް
07 Jun 2023
މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރަން މިއަދު ހުށަހަޅަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ.
07 Jun 2023
"ބޮޑު ކުރާ މުސާރައާއި އެކު ތަކެތީގެ އަގުވެސް ވަނީ ބޮޑު"
ސަރުކާރުން ދާއިރާތަކުގެ މުސާރަތައް ބޮޑުކުރަމުންދާ އިރު، އެ ބޮޑު ކުރާ މުސާރައާއި އެކު މުދަލާއި ޚިދުމަތުގެ އަގުތައްވެސް ބޮޑުވަމުންދާ ކަމަށާ، އެހެންކަމުން ބޮޑު މުސާރައިން ރައްޔިތުންނަށް ލިބޭ އެއްވެސް އުފަލެއް ނޯންނަކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.
07 Jun 2023
ޑިމޮކްރެޓްސް މެންބަރުންނަށް ބިރުދައްކާ މައްސަލަ ބޭރުކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މަޖިލީހުގެ މެންބަރުން އިސްވެ އުފެއްދެވި 'ދަ ޑިމޮކްރެޓްސް' ޕާޓީއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން ބިރުދައްކާ ކަމަށްބުނެ، އެކަން ހުއްޓުވުމަށް އެދި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
06 Jun 2023
"ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަންޖެހޭ ސަބަބެއް ނެތް"
ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަންޖެހޭ  އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
06 Jun 2023
"ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ސޮއި ނުލިބޭނެ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ މިންވަރަށް މެންބަރުންގެ ސޮއި ނުލިބޭނެ ކަމަށް އެމަނިކުފާނަށް ވަފާތެރި މެންބަރުން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.
06 Jun 2023
ރައީސް ނަޝީދު މެމްބަރު ނިޔާޒަށް އިންޒާރުދެއްވާ ވީޑިއޯއެއް އާންމުވެއްޖެ
ރައްޔިތުން މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒަށް އިންޒާރުދީ ބިރުދައްކާ ކަމަށް ބުނެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވީޑިއޯއެއް އާންމުކޮށްފިއެވެ.
06 Jun 2023
ރައީސްގެ ސިޓީފުޅު މަޖިލީހަށް ފޮނުވަން އެދޭނަން: އަސްލަމް
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ، (241 ކޮމިޓީ)ގެ މުގައްރިރުކަން އަލުން ލިބިއްޖެނަމަ، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅު ހޯދަން ރައީސް އޮފީހަށް ހުށަހަޅާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރުކަން މިހާތަނަށްވެސް ކުރައްވަމުން އައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
06 Jun 2023
"ރައީސް ޞާލިހުގެ އާއިލާ ލައްވާ މަޖިލިސް ކޮންޓްރޯލް ކުރަން އުޅޭ"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި، އެމަނިކުފާނުގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ލައްވާ މަޖިލިސް ކޮންޓްރޯލް ކުރުވަން އުޅޭ ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ތުހުމަތު ކުރައްވައިފިއެވެ.