ރައްޔިތުންގެ މަޖިލިސް
25 Aug 2023
"3 ބާރުން އެއްބާރު އޮތީ ހުއްޓިފައި, އަނެއް ބާރު އޮތީ މުށުތެރޭ"
ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް އޮތީ ހުއްޓުމަށަ އައިސްފައި ކަމަށާ، އަދި އަނެއް ބާރު ކަމުގައިވާ ޝަރުޢީ ނިޒާމް އޮތީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންގމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
22 Aug 2023
ނަން އިއްވުމުންވެސް މަޖިލީހުން ނުކުންނަވަން ދެކޮޅު ހައްދަވައިފި!
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ނަން އިއްވުމުން އޭނާ ޖަލްސާ ދޫކޮށް ވަޑައިގަންނަވަން ދެކޮޅު ހައްދަވައިފި އެވެ.
22 Aug 2023
"ނަޝީދަށް ބާރުލިބޭ ކޮންމެ ފަހަރަކު ޚުދުމުހުތާރު ކަން އިތުރުވޭ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބާރު ލިބޭ ކޮންމެ ފަހަރަކުވެސް ދައްކަވަނީ ޚުދުމުހުތާރުކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު ވިދާޅުވެއްޖެއެވެ.
22 Aug 2023
ޝެއިޚް އުސްމާންގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް!
ރައްޔިތުންގެ މަޖިލީހުގެ ށ. އަތޮޅުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރެއްވި، އައްޝައިޚް އުޘްމާން އަބްދުاللهގެ ހަނދާނުގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.
22 Aug 2023
"މަޖިލީސް ހިސޯރުކުރީ ރާއްޖޭގެ ސަރަހައްދެއް ވިއްކާލީމާ"
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ހުއްޓުމަކަށް ގެނެސް، މަޖިލީސް ހިސޯރުކުރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ރާއްޖޭގެ ސަރަހައްދުން ބައެއް ވިއްކާލުމުން ކަމަށާ، އެކަން ކުރީ އެމްޑީޕީ މެންބަރުން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
21 Aug 2023
މެންބަރު ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި!
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.
21 Aug 2023
ޑިމޮކްރެޓްސްގެ 11 މެންބަރުން އަދިވެސް މަޖިލީހަށް ނާންގާ!
ދަ ޑިމޮކްރެޓްސް ޕާޓީއާއި ގުޅުނު 14 މެމްބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް އެކަން އަންގަވާފައި ވަނީ ތިން މެމްބަރަކުކަމަށާއި ޕާޓީ ބަދަލްވިކަން މަޖިލީހަށް ނާންގާ 11 މެންބަރަކު ތިއްބެވިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
21 Aug 2023
"އެމްޑީޕީ މެންބަރުން ތިޔަ ދައްކަވަނީ ވަރަށް ހުތުރު މަންޒަރެއް"
ރިޔާސީ ކެންޕެއިންގެ ތެރެއިން ރާއްޖޭގެ ރަށްރަށުގައިވެސް، އަދި މަޖިލީހުގެ ތަޅުމުގައި ވެސް އެމްޑީޕީ މެންބަރުން ދައްކަވަމުންދަނީ ވަރަށް ހުތުރު މަންޒަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.