ރައްޔިތުންގެ މަޖިލިސް
25 Jun 2023
"ޔާމީނާއި ޚިލާފަށް ރައީސް ޞާލިހު ބާރު ފޯރުވަނީ މަޑުން ހުންނަވައިގެން"
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޖިލީހަށް ނުފޫޒު ފޯރުއްވީ ގަދަ ބާރުން ކަމަށާ، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެކަން ކުރައްވަމުން ގެންދަވަނީ މަޑުން ހުންނަވައިގެން ކަމަށް، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.
22 Jun 2023
"މިވެރިކަން ބަދަލުކުރަން، އިއްތިހާދުވާން ޖެހުނު މީހަކާއެކު ވާނަން"
މި ވެރިކަން ބަދަލު ކުރުމަށްޓަކައި، އިއްތިހާދުވާން ޖެހުނު މީހަކާއެކު އިއްތިހާދުވާން ތައްޔާރަށް ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
22 Jun 2023
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތައް ބާއްވަން އެމްޑީޕީން ހުށަހަޅައިފި
ރައްޔިތުން މަޖިލީހުގެ މިއަހަރުގެ 2 ވަނަ ދައުރުން ބޭރުގައި ޖަލްސާތައް ބޭއްވުމަށް އެމްޑީޕީގެ ޕީޖީއިން އެދިއްޖެއެވެ.
22 Jun 2023
ރައީސް ނަޝީދު ހޯމަދުވަހު މުރައިދޫގެއިން ނުކުންނަވަނީ
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރުން އެމަނިކުފާނަށް ހަމަޖައްސައިފައި ހުންނަ ރަސްމީ ގެކޮޅު ކަމަށްވާ މ މުރައިދޫގެއިން ނުކުމެ ވަޑައިގަންނަވާނެ ކަން އަންގަވައިފިއެވެ.
22 Jun 2023
"241 ކޮމިޓީ އެގޮތުގައި ބޭއްވުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫން"
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ, 241 ކޮމިޓީގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓުވާފައި އޮތުމަކީ ހެޔޮ ވާ ވަރުގެ ކަމެއް ނޫން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
22 Jun 2023
"މަޖިލިސް ނުހިނގަނީ އަސްލަމް ރިޔާސަތަށް ވެރިވަން މަސައްކަތް ކުރައްވާތީ"
ރައްޔިތުންގެ މަޖިލީސް ތަޅު އެޅުވި، މަޖިލިސް ހުއްޓުމަކަށް އައީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރިޔާސަތަށް ވެރިވަން މަސައްކަތް ކުރައްވާތީ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
22 Jun 2023
"މަޖިލީސް ހިޞާރުކޮށްގެން ތިބީ މަޖިލީހުގައި ތިބި ނުފޫޒުގަދަ މެމްބަރުންތަކެއް"
ރައްޔިތުންގެ މަޖިލީސް ހިޞާރުކޮށްގެން ތިބީ މަޖިލީހުގައި ތިބި ނުފޫޒުގަދަ މެމްބަރުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
22 Jun 2023
"މަރުތަޅު" މައްސަލާގައި އަސްލަމްގެ ރައްދެއް ރައީސް ނަޝީދަށް!
ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވި، މަޖިލިސް ހުއްޓުމަކަށް އައީ، މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ވެއްދުމުން ކަމަށާ، އެކަން ހައްލުކުރަން މަޖިލީހުގެ މެޖޯރިޓީ، އަދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން އެއްބާރުލުން ނުދޭ ކަމަށް އެ ޕާޓީން އިއްޔެ ވަކިވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، މެޖޯރިޓީ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރައްދު ދެއްވައިފިއެވެ.