ރައްޔިތުންގެ މަޖިލިސް
22 Jun 2023
"މަޖިލީސް ހިޞާރުކޮށްގެން ތިބީ މަޖިލީހުގައި ތިބި ނުފޫޒުގަދަ މެމްބަރުންތަކެއް"
ރައްޔިތުންގެ މަޖިލީސް ހިޞާރުކޮށްގެން ތިބީ މަޖިލީހުގައި ތިބި ނުފޫޒުގަދަ މެމްބަރުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
22 Jun 2023
"މަރުތަޅު" މައްސަލާގައި އަސްލަމްގެ ރައްދެއް ރައީސް ނަޝީދަށް!
ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވި، މަޖިލިސް ހުއްޓުމަކަށް އައީ، މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ވެއްދުމުން ކަމަށާ، އެކަން ހައްލުކުރަން މަޖިލީހުގެ މެޖޯރިޓީ، އަދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން އެއްބާރުލުން ނުދޭ ކަމަށް އެ ޕާޓީން އިއްޔެ ވަކިވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، މެޖޯރިޓީ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރައްދު ދެއްވައިފިއެވެ.
21 Jun 2023
އިދިކޮޅު މެމްބަރުންގެ މަޖިލިސްް ގޮނޑިތައް ރައީސް އޮފީހަށް ގެންދަން މަސައްކަތްކޮށްފި!
އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ މަޖިލިސްް ގޮނޑިތައް ތަޅުމުން ނެރެ އެ ގޮނޑިތައް ރައީސް އޮފީހަށް ގެންދިޔުމަށް މަސައްކަތްކޮށްފިއެވެ.
21 Jun 2023
މަރުތަޅު މައްސަލައިގެ ކޮންބޮޑުވުންތަކާއެކު އިދިކޮޅު މެމްބަރުން ނަޝީދު އަރިހަށް!
ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އަޅުވާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި އޮތް މައްސަލައާ އެކު އިދިކޮޅު (ޕީޕީއެމް-ޕީއެންސީ) ކޯލިޝަންގެ މެމްބަރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރައްވައިފި އެވެ.
21 Jun 2023
"މެޖޯރިޓީ ލީޑަރު ގޮތް ދޫކޮށްގެން ނޫނީ މަރުތަޅު ފިލުވޭކަށް ނެތް"
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ގޮތް ދޫކުރައްވައިގެން ނޫނީ މަޖިލީހުގައި އެޅުވިފައިވާ މަރުތަޅު ފިލުވާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ފެނިވަޑައި ނުގަންނަވާކަމަށް މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ސަލީމު ވިދާޅުވެއްޖެ އެވެ.
20 Jun 2023
"ޤަބޫލު ނުކުރެވުނަސް، މެޖޯރިޓީ މެމްބަރުން މިހާރު ނަޝީދަކަށް އިތުބާރެއް ނުކުރޭ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ޤަބޫލުފުޅު ކުރައްވަން ދަތިފުޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން އެމަނިކުފާނަށް އިތުބާރު ނުކުރައްވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
20 Jun 2023
މަރުތަޅު ފިލުވަން ނަޝީދު އެދޭހާ ގޮތަށް ކޮމްޕްރޮމައިސްއެއް ނުކުރާނަން
ރައްޔިތުންގެ މަޖިލީހުގައި އަޅުވާފައި އޮތް "މަރުތަޅު" ނައްޓާލުމަށް ނަޝީދު ހުށައެޅުއްވި ޙައްލު ޤަބޫލުކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުން ކޮމްޕްރޮމައިސް ނުކުރާނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
20 Jun 2023
"މަޖިލީސް ޖެހޭނީ ހިންގަން، އެހެން ނޫނީ ޖެހޭނީ އިސްތިއުފާދެއްވަން"
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ޖެހިވަޑައިގަންނަވާނީ މަޖިލީސް ހުއްޓާ ނުލައްވާ ހިންގަން ކަމަށާއި، އެ ޒިންމާ އަދާ ނުކުރެވޭނަމަ އިސްތިއުފާދެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
20 Jun 2023
"ރައީސް އެދިވަޑައިގަންނަވަނީ މަޖިލީސް ހިންގޭނެ ގޮތެއް ހޯދުން"
މަޖިލީސްގެ މަސައްކަތްތައް ހުއްޓާނުލާ، މަޖިލީސް ހިންގޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެދިވަޑައިގަންނަވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
20 Jun 2023
"54 މެމްބަރުން އިތުބާރު ނެތޭ ބުނީމަ ނަޝީދު އިސްތިއުފާ ދެއްވާ"
ރައްޔިތުންގެ މަޖިލީހުގެ 54 މެމްބަރުން އިތުބާރު ނެތްކަމަށް ވިދާޅުވުމުން މަޖިލީހުގެ ރައީސްކަމުން މުޙައްމަދު ނަޝީދު އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.