07 Jun 2023
"ކޮމެޓީތައް އެކުލަވާނުލާ އޮތީ ކޮތަޅު ބިލު އިސްލާހުކުރިޔަ ނުދޭން"
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުން އިސްތިއުފާދެއްވުމާއެކު، މަޖިލީހުގެ ކޮމެޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަން ޖެހިފައިވާއިރު، އެކަން ނުކުރައްވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދިގު ދަންމަނީ ކޮތަޅު ބިލު އިސްލާހުކުރިޔަ ނުދީ ރައްޔިތުން ލައްވާ ސަރުކާރަށް އެއްޗެހި ކިޔުވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.