ރައްޔިތުންގެ މަޖިލިސް
01 Jun 2023
ޖަވާބުދާރީވާން ރިފްއަތް މަޖިލީހަށް ހާޒިރުވަނީ
ބަންޑާރަނައިބުގެ އިތުބާރު ނެތްކަމަށްބުނެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހެޅާފައިވާ މައްސަލައިގައި ޖަވާބުދާރީވާން މަޖިލީހަށް ހާޒިރުުވުމަށް އިބްރާހިމް ރިއްފަތު ނިންމަވައިފިއެވެ.
31 May 2023
"އަމިއްލަ މީހާގެ ދިފާއުގައި މަޖިލީހަށް ނާދެވުނު މީހަކަށް ޤައުމު ދިފާއުނުކުރެވޭނެ"
އަމިއްލަ ދިފާއުގައި ވާހަކަދައްކަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން ނުކުރުނު މީހަކަށް ޤައުމުގެ ދިފާއުގައި ވަކާލާތުނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެއެވެ.
31 May 2023
"ބަންޑާރަ ނައިބުގެ "ނޯ ކޮންފިޑެންސް" ވޯޓަށް ނޭހީ ބިރުން"
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި މިއަދު ވޯޓަށް ނޭހީ ބޭނުންވާ ގޮތަށް އެ ވޯޓު ނުނިންމިދާނެތީ ބިރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
31 May 2023
"ޤައުމު ވިއްކާލިއޭ ކިޔަނީ ރައީސްއާ ދިމާއަށް ކިޔާނެ އެހެން އެއްޗެއް ނެތީމަ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އިސްތަށިފުޅުގައި ގައުމު ވިއްކާލައިފިކަމުގެ "ވަގު ތުހުމަތު" އަޅުވަނީ އެމަނިކުފާނަށް ފާޑުކިޔަން އިދިކޮޅު ފަރާތްތަކަށް ކިޔޭނެ އެއްވެސް އިތުރު އެއްޗެއް ނެތުމުންކަމަށް ރައްޔިތުންގ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
31 May 2023
"ރައީސް ޞާލިހު އެ ހުންނެވީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިގެން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާ ކަމަށާއި، އެމަނިކުފާނު މިއަދު ވެރިކަމުގައި އެ ހުންނަވަނީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
31 May 2023
"ޖަވާބުދާރީވާން ބަންޑާރަނައިބު ވަޑައިނުގަތީ ފިނޑިކަމުން، އިސްތިއުފާ ދޭން ޖެހޭ"
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވާން ވަޑައިނުގެންނެވީ ފިނޑިކަމުން ކަމަށާއި، ދެން އެންމެ ރަނގަޅު ގޮތަކީ އަވަހަށް އިސްތިއުފާދެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ.
31 May 2023
އެއްބަސްވުމަކަށް ނާދެވުނު، ބަންޑާރަނައިބުގެ މައްސަލައަށް ސުޕްރިމްކޯޓުގެ ލަފާ ހޯދަނީ
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ގޮތަކާއި މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާއި ގުޅިގެން މަޝްވަރާކުރުމަށްފަހު ވެސް އެއްބަސްވެވޭ ގޮތަކަށް ނިންމިފައި ނުވާތީ، އެ މައްސަލަ ކުރިއަށް ގެންދަންވީ ގޮތާއި މެދު ސުޕްރިމް ކޯޓުގެ ލަފާ ހޯދުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފި އެވެ.
31 May 2023
ލިޔުމުން ޖަވާބުދާރީވުމުން ކަންކުރާނެ ގޮތާމެދު ޚިޔާލުތަފާތު މަޖިލިސް މެދުކަނޑާލައިފި
ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، މަޖިލީހަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީ ވުމަށް އާއްމު ކޮމިޓީން ނިންމާފައިވަނިކޮށް، ވަޒީރު ލިޔުމުން ޖަވާބުދާރީވެފައިވާތީ ދެން ކަންތައްކުރެވޭނެ ގޮތުގެ މަޝްވަރާކުރުމަށް މަޖިލީސް މެދުކަނޑާލައިފިއެވެ.