ރައްޔިތުންގެ މަޖިލިސް
06 Jun 2023
"އެއްލައްކަ ވޯޓު ހޯއްދެވި ބޭފުޅާއަށް ޕާޓީ ރަޖިސްޓްރީކުރަން ލިބުނީ 3400 ފޯމު"
ރައްޔިތުންގެ މެދުގައި މަޖިލީހުގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުޙައްމަދު ނަޝީދުގެ މަޤުބޫލުކަން ވަރަށް ބޮޑަށް ގެއްލިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
06 Jun 2023
"އަސްލު މައްސަލަ ފޯޅަވަހި ކޯލިޝަނަށް ވެސް ނޭނގޭ"
ރާއްޖޭގެ ދެކުނުން އޮންނަ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ސަރުކާރުން ވިއްކާލާފައިވާކަމަށް ބުނެ ގެއްލުނު ބައި ހޯދުމަށް ގިނަ ސިޔާސީ ޕާޓީތަކާއި ކުރީގެ ބަންޑާރަނައިބުން ގުޅިގެން އެކުލަވާލާފައިވާ ފޯޅަވަހި ކޯލިޝަނަށް ވެސް އަސްލު މައްސަލައަކީ ކޮބައިކަން އޮޅިވަޑައިގެންފައިވާ ކަމަށާއި، މި މައްސަލައިގައި އެ ބޭފުޅުންނަށް ވެސް އެއްގަލަކަށް ނޭރޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
05 Jun 2023
"ކަނޑު ވިއްކާލަފަ ބަންޑާރަ ނައިބު ދެއްކެވީ ޒާތީ ވާހަކަތަކެއް"
ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ވިއްކާލުމަށްފަހު ޖަވާބުދާރީވާން މަޖިލީހަށް ވަޑައިގެން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ދެއްކެވީ މުޅިން ވެސް ޒާތީ ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
05 Jun 2023
"ފޯޅަވަހި މައްސަލަ ނަގައިގެން އިދިކޮޅުން ކުރާހާ ވެސް ކަމަކީ ސިޔާސީ ލަނގިރިޖެހުން"
ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްސަ އިޤްރިޞާދީ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާކަމަށް ބުނެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތައް ކުރަމުންދާ މަސައްކަތަކީ ސިޔާސީ ލަނގިރި ޖެހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
05 Jun 2023
މަޖްލިސް ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން 'ފުންކޮށް ވިސްނަނީ'
ރައްޔިތުންގެ މަޖްލީހުގެ ރައީސްކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން 'ފުންކޮށް ވިސްނާ' ކަމަށް އެޕާޓީން ބުނެފިއެވެ.
05 Jun 2023
"އިޓްލޮސްގެ ފަނޑިޔާރުންގެ ނިންމުމުގައި ރައީސްގެ ސިޓީއަށް ރިއާޔަތްކޮށްފައެއް ނެތް"
ޗާގޯސްއާއި ދިވެހިރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓަރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި، އެ މައްސަލަ ބެއްލެވި 9 ފަނޑިޔާރުން އިއްތިފާގުން ނިންނި ނިންމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.
05 Jun 2023
"ރައީސްގެ ސިޓީފުޅަކުން ދައުލަތުގެ ކޮޅު ބަދަލުކުރިކަމަށް ބުނެ ހަދަނީ ބުހުތާނު ދޮގު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅަކުން ފޯލަވަހި މައްސަލައިގައި ދައުލަތުން ދަމަހައްޓަމުން އައި ސްޓޭންޑު ބަދަލުކޮށް، ދައުލަތުން ކޮޅު ބަދަލުކުރިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.
05 Jun 2023
"އަސްލު މައްސަލައަކީ ރައީސް ޞާލިޙްގެ ކާމިޔާބީ ހަޖަމު ނުވުމުން"
މިއަދު ހުށައެޅިފައިމިވާ އަސްލު މައްސަލައަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކާމިޔާބީ ހަޖަމު ނުވުމުގެ މައްސަލަ ކަމަށް ރައްޔުތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.