ރައްޔިތުންގެ މަޖިލިސް
29 May 2023
ޗެނަލް-13 އަށް އިންޒާރުދިންކަމަށް ބުނެ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި
ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ސަރުކާރުން ޗެނަލް-13އަށް އިންޒާރުދީ ބިރުދައްކާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފި އެވެ.
28 May 2023
"ސަރުކާރާ އެއްކޮޅަށް މަޖިލިސް މެންބަރުން ވަކާލާތުކުރުން މުހިންމު"
މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލަތަކާއި ގަރާރުތަކުގައި ސަރުކާރަށް ތާއީދުކޮށް މެންބަރުން ވަކާލާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
25 May 2023
ސރުކާރުގެ ޕްރޮޕެގެންޑާ ހިންގަން ދައުލަތުގެ މީޑިއާ ހިންގުމަކީ ރަނގަޅުކަމެއް ނޫން: ޢަލީ ހުސެއިން
ސަރުކާރުގެ ޕްރޮޕެގެންޑާ ހިންގަން ދައުލަތުގެ މީޑިއާ ހިންގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
25 May 2023
ފާޑުކިޔުންތައް ބޮޑުވެ ޕީއެސްއެމް އުނބަށް ޖަހައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް "މާ ހޫނު ވަނީ" ކަމަށް ބުނެ ލައިވް ނުކުރަން ދައުލަތުގެ މީޑިއާއިން ނިންމި ނިންމުމާއި ގުޅިގެން ޢަމާޒުވި ފާޑުކިޔުންތަކާއިއެކު، އެ ނިންމުން ބަދަލުކޮށް އަލުން ޖަލްސާތައް ލައިވްކޮށް ދައްކަން ނިންމައިފިއެވެ.
25 May 2023
ޖަވާބުދާރީވާން ބުދަ ދުވަހު ރިއްފަތް މަޖިލީހަށް ހާޒިރު ކުރަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހަޅާފައިވާ، ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ބުދަ ދުވަހު މަޖިލީހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
25 May 2023
ޝާހިދު އަށް ޖަވާބުދާރީވާން ޗިޓު ފޮނުވައިފި
ޗާގޯސް މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ، ފޮރިން މިނިސްޓަރ އަބްދުالله ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގެންނެވުމަށް އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވުމަށް ޗިޓް ހަވާލުކޮށްފިއެވެ.
25 May 2023
"މެއި6ގެ ހަމަލާއާއި ރައީސްއާއި ގުޅިވައި ކުރާ ތުހުމަތުތަކަކީ ދޮގެއް"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި "ދަ ޑިމޮކްރެޓްސް" ގެ ބައެއް މެންބަރުން ކުރެއްވީ ކަނޑައެޅިގެން ދޮގު ތުހުމަތު ތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
25 May 2023
އަޅުގަނޑު އީވާގެ ކިބައިން އެދުނީ މަޖްލިސް ރައީސް ކަމަށް އައުމަށް: ނިޔާޒް
ނިޔާޒް ބޭނުންވީ އީވާ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެންނަން ނޫން ކަމަށާއި އޭނާ އީވާގެ ކިބައިން އެދުނީ މަޖިލިސް ރައީސް ކަމަށް އައުމަށް ކަމަށް ހުލުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.