ރައްޔިތުންގެ މަޖިލިސް
18 May 2023
"ވާދޫ ކައުންސިލް ރައީސް ފިޔަވައި، 15 އަހަރުން މަތީ އެންމެނަށް ފެނަކައިން މުސާރަ ހިނގާ"
މޮސްޓާ މިފަދައިން ވިދާޅުވެފައިވަނީ ފެނަކައިން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށާއި، އެކުންފުނީގެ މެނޭޖުމަންޓު އަދި ފައިނޭންސް އޮޑިޓެއް ހެދުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނެވެ.
18 May 2023
"މެންބަރުން ވަކިވާނީ އަމިއްލައަށް ސިޓީއަކުން ރިޔާސަތަށް އެންގެމުން"
އެމްޑީޕީން ވަކިވި 12 މެންބަރުން މަޖިލީހުގެ އެ ޕާޓީގެ ދަފްތަރުން ކެނޑޭނީ ޕާޓީން ވަކިވިކަން މަޖިލީހަށް އަމިއްލަފުޅަށް އެންގެވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
18 May 2023
މެންބަރަކު ނެތްކަމަށް ބަލައި ކުރިއަށް ގެންދިއުމަކީ ގަވާއިދާ ހިލާފްކަމެއް ނޫން"
މަޖިލިސްގެ މެންބަރެއްގެ ނަން އިއްވުމުން ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ، އެމެންބަރަކު ޖަލްސާގައި ނެތްކަމަށް ބަލައި ޖަލްސާ ކުރިއަށް ގެންދިއުމަކީ މަޖްލިސްގެ ގަވާއިދާ ހިލާފްކަމެއް ނޫން ކަމަށް ރައްޔިތުން މަޖްލިސްގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
18 May 2023
މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އީވާ އަބްދުﷲ ވަކިކުރުމަށް މަޖިލީހުގެ މެޖޯރިޓީ އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.
18 May 2023
"ކަނޑު ވިއްކާލީ މި ސަރުކާރުން، ޕޯޗިގީޒުން ވެސް އެކަމެއް ނުކުރޭ"
ތާރީހުގައި ދިވެހިރާއްޖެ އެންމެ ގިނަ ދުވަސް ވަންދެން އެ ބައެއްގެ އަޅުވެތިކަމުގެ ދަށުގައި އޮތް ޕޯޗުގީޒުންވެސް ރާއްޖޭގެ މަސް ކަނޑުން ބައެއް ވިއްކާލާފައި ނުވާކަމަށާއި، މަސް ކަނޑު ވިއްކާލި ހަމައެކަނި ސަރުކާރަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
18 May 2023
"މި ސަރުކާރަށް ފުއްދުނީ ރައީސް ޔާމީނު ޖަލަށް ލުމުގެ ވައުދު އެކަނި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މި ސަރުކާރަށް ފުއްދުނު ހަމައެކަނި ވައުދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލާނެކަމަށް ވީ ވައުދު އެކަނިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
18 May 2023
"ފެނަކަ ކުރިމަތީ މުޒާހަރާ ކުރީ ފެނަކަ އެމްޑީ އަންގައިގެން"
ފެނަކަ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ކުންފުނިތަކުން ފެނަކަ ކޯޕަރޭޝަންގެ މައި އޮފީސް ކުރިމަތީ މުޒާހަރާ ކުރީ އެ ކޯރަޕޭޝަން މެނޭޖިން ޑިރެކްޓަރު ސައީދު އަންގައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
18 May 2023
"ފެނަކައިން ވައްކަން ކުރުން މި ސަރުކާރުން ވަނީ ހުއްޓުވާފަ"
ޕޭޕާ ކުންފުނި ހަދައިގެން ފެނަކައިން ވައްކަން ކުރުން މި ސަރުކާރުން ވަނީ ހުއްޓުވާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.