23 May 2023
"އަވަހަށް ބްރިޖު އަޅަން އިތުރު 100 މިލިއަން ޑޮލަރު ނެގި، ވީ ގޮތެއް ނޭނގުނު"
މި ސަރުކާރުން ފަށާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރަންކަމަށް ބުނެ އިންޑިއާއިން އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައިވާ ކަމަށާއި، މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ނުދާކަމަށް ވިދާޅުވުމުން، ލޯނަށް ހެދިގޮތް ސާފުވެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
23 May 2023
ބަންޑާރަ ގޯތި ދޫކުރުމުގެ ސިޔާސަތު މިނިސްޓަރަށް ކަމަކު ނުދޭ
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ބަންޑާރަ ގޯތި ދޫކުރުމުގެ ސިޔާސަތާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ޚިޔާލު ތަފާތުކަން އެމަނިކުފާނު މަޖިލީހުގައި ހާމަކުރައްވައިފި އެވެ.
23 May 2023
"މާލޭ ރައްޔިތުންނަށް ގޯތި ދޭނީ ޖޫން މަހު، އެ ތާރީޚު ބަދަލެއް ނުވޭ"
މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ސަރުކާރުން އިއުލާނުކޮށްފައިވާ ގޯތި ދޫކުރަން ފަށާނީ ޖޫން މަހުގައިކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
23 May 2023
"މިހާރު ފެންނަން އެ ހުރީ ތިލަމާލެ ބުރިޖުގެ އަސްލު ތަނބުތައް"
މި ސަރުކާރުން އިއުލާނުކޮށްފައިވާ އެންމެ ބޮޑު އުމްރާނީ މަޝްރޫއު ކަމަށްވާ ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ޖަހާފައިވާ ތަނބުތަކަކީ އެ ބްރިޖުގެ އަަސްލު ތަނބުތައް ކަމަށާއި، އެ މަސައްކަތް ކުރިއަށް ދާ ކަމަށް ޕްލޭނުން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
22 May 2023
"ރާއްޖޭގައި ކެންސަރު ގިނަވަނީ އިންޑިއާގެ ލޯ ކޮލެޓީ ކާޑު ކާތީ"
ދިވެހިރާއްޖޭގައި ކެންސަރު ބަލި ގިނަވަނީ އިންޑިއާއިން އެތެރެކުރާ ކޮލެޓީދަށް ކާޑުގެ ބާވަތްތައް ބޭނުންކުރާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމްފަހު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
22 May 2023
"ރިޔާސީ އިންތިޚާބަށް 3 މަހަށް ވީމަ ތޯ އެނގުނީ ވައުދު ނުފުއްދާކަން؟"
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ވަކިވެގެން ދިޔަ މެމްބަރުންނަށް ސަރުކާރުން ވީ ވައުދުތައް ނުފުއްދާކަން އެނގުނީ ރިޔާސީ އިންތިޚާބަށް 3 މަހަށް ވީމަ ތޯ އައްސަވާ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ސުވާލުކުރައްވައިފި އެވެ.
22 May 2023
"އެހެން ޕަޓީތަކު އެމްޕީން އަަޅުގަނޑުމެންނާއެކު މަސައްކަތްކުރަން ބޭނުންވޭ"
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީ އަދި އެހެނިހެން ޕާޓީތަކުގެ މެންބަރުންވެސް، ދަ ޑިމޮކްރެޓްސް އާއި އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާކަމަށް އެ ޕާޓީން ބުނެފި އެވެ.
22 May 2023
"އަބްދުالله ރަޝީދުގެ މަރުގެ ހާދިސާގައި ފުލުހުންގެ އިހުމާލެއް ނެތް"
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދު (މާޓީ) ގެ މަރުގެ މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތްކަން އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓުންނާއި، މައްސަލައާއި ގުޅިގެން ފުލުހުން ކުރި ތަހުގީގުން ހާމަވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.